މުލިމަތި ޔުނައިޓެޑް އިން އިސްނަގައިގެން މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތްކުރާ ދުވަސްފާހަނގަ ކުރުމަށް އެކި އެކި
ހަރަކާތްތަކެއް ކުރިޔަށްއެބަގެންދެއެވެ. އެގޮތުން އިއްޔެ ހަވީރު ހަރަކާތްތަށް ފެށުމުގެ
ގޮތުން ވަނީ ހާއްސަ ރަސްމީއްޔާތެއް ބާއްވާފައެވެ. މި ރަސްމީއްޔުބޭއްވީ ހުޅުމީދޫ
އެސް ޓީ އޯ ކުރިމަތީގައެވެ. މިހަރަކާށްތައް ފައްޓަވައިދެއްވީ އައްޑޭ ސިޓީގެ
ޑެޕިއުޓީ މޭޔާރ ހަސަން ޝާހިދެވެ.
އެގޮތުން ވަނީ ރޯޑްޝޯއެއްބާއްވާފައެވެ. ރަށުގެ ތިން
ސަރަހައްދެގައި ކުރިޔަށް ގެންދިޔަ ރޯޑް ޝޯގައި ވަނީ މަސްތުވާތަކެޗަށް
ހޭލުންތެރިކުރުމުގެ ގޮތުން މައުލޫމާތު އެކުލެވޭ ލީފް ލެޓްތަކެއްވެސް ބަހާފައެވެ.
އަދި މި ތިން ސަރަހައްދުގައިވެސް މައުލޫމާތު ދިނުމަށްޓަކައި ޖާނީ ގެ ބޭފުޅުންވަނީ
ހަރަކާތްތެރިވެފައެވެ.
މުލިމަތި ޔުނައިޓެޑްގެ ފަރާތުން މައުލޫމާތު ދީފައިވާގޮތުގައި
މިހަރަކާތްތަށް 4 ދުވަހަށް ކުރިޔަށްދާނެއެވެ. މިހަރަކާތްތަކުގެ ތެރޭގައި ސްކޫލުގެ
ދަރިވަރުންނާއި ބެލެނިވެރިންނަށް މައުލޫމާތު ދިނުމާއި ، ސްކޫލް ތަކުގެ ޕީ ޓީ އޭ
އަށް އަމާޒުކޮށްގެން ވޯކްޝޮޕެއްބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.







0 comments:
Post a Comment
އަޅުގަނޑު މެނަށް ހިޔާލު ފޮނުވުމަކީ ލިބޭ ކުރިއެރުމެއް