Norwegian Mountain Trip

Pulpit rock

Leave a comment

Sunday, June 23, 2013

އައްޑޫން ފަގީރުންގެ ގޮތުގައި 9،000 އަށް ވުރެ ގިނަ މީހުން ރަޖިސްޓްރީކުރި: ކައުންސިލް


އައްޑޫން 9،000 އަށް ވުރެ ގިނަ މީހުން ފަގީރުންގެ ގޮތުގައި މި އަހަރު ރަޖިސްޓްރީކޮށްފައިވާ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފި އެވެ.
ކައުންސިލްގެ ވެބްސައިޓްގައި އާންމުކޮށްފައިވާ ބަޔާނެއްގައި ބުނެފައި ވަނީ ފަގީރުންގެ ގޮތުގައި ޖުމްލަ 9،101 މީހުން ރަޖިސްޓްރީކޮށްފައިވާ ކަމަށެވެ.
އާބާދީގައި 31،000 އަށް ވުރެ ގިނަ މީހުން ތިބި އައްޑޫގެ ވަކިވަކި ރަށްތަކަށް ބަލާ އިރު ފަގީރުންގެ ގޮތުގައި އެންމެ ގިނަ މީހުން ނޯޓްކޮށްފައި ވަނީ އާބާދީ އެންމެ ބޮޑު ރަށް ހިތަދޫންނެވެ.
އެގޮތުން 15،000 އަށް ވުރެ ބޮޑު އާބާދީއެއް އޮތް ހިތަދޫން 4،197 މީހުން ނަން ނޯޓްކޮށްފައިވެ އެވެ.
ފޭދޫން 1،568 މީހުން ނަން ނޯޓްކޮށްފައިވާ އިރު މަރަދު އާއި މަރަދޫފޭދޫން 1،792 މީހުން ފަގީރުންގެ ގޮތުގައި ނަން ނޯޓްކޮށްފައިވެ އެވެ. އަދި ހުޅުމީދޫން ޖުމްލަ 1،544 މީހުން ނަން ނޯޓްކޮށްފައިވެ އެވެ.
މި އަހަރުގެ މުދަލުގެ ޒަކާތު ފައިސާ އިން ފަގީރުންނާއި މިސްކީނުންނަށް ކަނޑައެޅުނު ބައިން އައްޑޫގައި ދިރިއުޅޭ މީހުންނަށް 4،095،450ރ. އިސްލާމިކް މިނިސްޓްރީން ދީފައިވެ އެވެ. އެ ފައިސާ ބެހި އިރު ބޮލަކަށް 450ރ. ޖެހިފައިވާ ކަމަށް ކައުންސިލުން ބުންޏެވެ.

0 comments:

Post a Comment

އަޅުގަނޑު މެނަށް ހިޔާލު ފޮނުވުމަކީ ލިބޭ ކުރިއެރުމެއް