ސ އަތޮޅު
މަދަރުސާގައި މިއަދު މަތީ ސާނަވީއަށް ކިޔަވައިދޭން ފަށައިފިއެވެ. އެގޮތުން މި އަދު
ހެދުނު ދަރިވަރުންނަށް މަރުހަބާ ކިޔުމުގެ ގޮތުން ވަނީ ހާއްސަ
އެސެމްބްލީއެއްބާވާފައެވެ. މި ހާއްސަ
އެސެމްބްލީގައި 2012 ވަނަ އަހަރު ސ އަތޮޅު
މަދަރުސާގެ އޯލެވެލްގައި ބައިވެރިވެ ގައުމީ ގަދަ 10 އެއްގައި ހިމެނުނު
ދަރިވަރު އަބްދުﷲ ހުޒާމް ހިޔާޒް ވަނީ
ވާހަކަދައްކާފައެވެ. ހުޒާމްގެ ވާހަކައިގައި
ހުޒާމް ގަދަ 10 އަކަށް ދާން ކުރި މަސައްކަތް ވަނީ ސްކޫލްގެ އެހެން
ދަރިވަރުނާއި ހިއްސާކޮށްފައެވެ.
މި ހާއްސަ
އެސެމްބްލީގައި ސ އަތޮޅު މަދަރުސާގެ ޕްރިންސިޕްލް ވަނީ ދަރިވަރުނާއި މުހާތަބު ކޮށް
ވާހަކަ ދައްކާފައެވެ. ޕްރިންސިޕަލް އާމިނަތު ޒީނިޔާ ދެއްކެވި ވާހަކަފުޅުގައި
ބޮޑަށް އަލި އަޅުވާފައިވަނީ މި ދެރަށުގައި މަތީ ސާނަވީ ފެށުމަށް އެކި ފަހަރު މަތިން ކުރި
މަސައްކަތަށެވެ. އަދި މީގެ އިތުރުން ޕްރިންސިޕަލް ދެއްކެވި ވާހަކައިގައި މި
ސްކޫލުގައި އޭލެވެލް ފެށިގެން ދިޔަައީ ދަރިވަރުންނާއި ބެލެނިވެރިންނާއި ޓީޗަރުން
ކުރި ބުރަ މަސައްކަތުން ކަން ފާހަނގަ ކޮށް ވަނީ މި އަހަރު އަލަށް އޭ ލެވެލްއާއި
ގުޅުނު ދަރިވަރުނަށް ޝުކުރުއަދާކޮށްފައެވެ.
މި
ހާއްސަ އެސެމްބްލީގައި ވަނީ ސްކޫލްގެ ގަވާއިދު ތަކާއި ބެހޭ ޕްރެޒެންޓޭޝަނެއް
ހުޝައަޅާފައެވ







0 comments:
Post a Comment
އަޅުގަނޑު މެނަށް ހިޔާލު ފޮނުވުމަކީ ލިބޭ ކުރިއެރުމެއް