ސ. ހިތަދޫގައި ދުވަސްވީ މީހަކަށް ތޫނު އެއްޗަކުން
ހަމަލާދީ އިއްޔެ ޒަހަމްކޮށްލުމަށް
ފަހު އޭނާގެ އަތުން ފޭރުނު މައްސަލަ އާ ގުޅިގެން ދެ މީހަކު ހައްޔަރުކޮށް، އިތުރު މީހަކު ހޯދަމުން އަންނަ
ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ފުލުހުން ބުނީ ހިތަދޫ ސައިފަތްމާގޭ ހަސަން އަލީ
(ހަސަން ފުތާ)، 65، އަށް ހަމަލާ ދިން
މައްސަލާގައި ރޭ ހައްޔަރުކޮށްފައި ވަނީ އުމުރުން 27 އަހަރުގެ ފިރިހެނަކާއި 14 އަހަރުގެ އަންހެން ކުއްޖެއް ކަމަށެވެ.
އަދި މި މައްސަލާގައި ހިމެނޭ އިތުރު މީހަކު
ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ
ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް ހައްޔަރު ކުރި މީހުންނާ ބެހޭ އިތުރު އެއްވެސް ތަފުސީލެއް ފުލުހުން ނުދެ އެވެ.
އެކަމަކު އެނގިފައިވާ ގޮތުގައި ހައްޔަރު ކުޑަ
ކުއްޖާ އާއި ޒުވާނާއަކީ ވެސް ކުށުގެ ރެކޯޑްތަކެއް އޮތް ބައެކެވެ.
އިއްޔެ މެންދުރު ހަސަން ފުތާ އަށް ހަމަލާ ދީފައި
ވަނީ އޭނާ މަސް ކަނޑަން އަތިރި މައްޗަށް
އެރި އުޅެނިކޮށެވެ. ކަނާއަތަށާއި ވާތު ކަންފަތަށް ތޫނު އެއްޗަކުން ހަމަލާ ދިނުމަށް ފަހު، އޭނާގެ އަތުގައި އޮތް
ވޮލެޓާއި މޮބައިލް ފޯނު އެމީހުން ވަނީ
ފޭރިގެންފަ އެވެ.
އެކަމަކު މި ހާދިސާގައި ހަސަން ފުތާ އަށް
ސީރިއަސް ގެއްލުމެއް ލިބިފައެއް ނުވެ އެވެ.
އޭނާއަކީ ފުލުހުންގެ ސިވިލް މަގާމެއް ފުރުމަށް
ފަހު، ރިޓަޔާކޮށްފައިވާ މީހެއް ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.






0 comments:
Post a Comment
އަޅުގަނޑު މެނަށް ހިޔާލު ފޮނުވުމަކީ ލިބޭ ކުރިއެރުމެއް