މީދޫ ކާޑުގޭގެ މަސައްކަތް ވަރަށް ބާރު ސްޕީޑުގައި ކުރިޔަށް އެބަދޭ

އައްޑޫ އަތޮޅު މިދޫ އަކީ ވަރަށްގިނަ އާސާރީ ތަންތަންހުނަ ރަށެކެވެ. އެގޮތުން ކާޑުގެ އަކީ މީދޫ ގެ ދުވަސް އެއް އާސާރުގެ ތެރެއިން މުހިންމުތަނެކެވެ. ކާޑުގެ ވީރާނާވަމުން ދަނިކޮށް މީދޫ އަންހެނުންގެ ޗޭނުން އިސްނަގައި އެތަން މަރާމާތު ކޮށް ގިނަ ދުވަހަށް ދެމެހެއްޓުމަށް ނުވަތަ ދެން އަންނަ ޖީލު ތަކަށް ފޯރުކޮށް ދިނުމަށް މަސަކަތްތަކެއްފެއްޓެވިއެވެ.

ސ އަތޮޅު މަދަރުސާގައި މިއަދު މަތީ ސާނަވީއަށް ކިޔަވައިދޭން ފަށައިފިއެވެ

ސ އަތޮޅު މަދަރުސާގައި މިއަދު މަތީ ސާނަވީއަށް ކިޔަވައިދޭން ފަށައިފިއެވެ. އެގޮތުން މި އަދު ހެދުނު ދަރިވަރުންނަށް މަރުހަބާ ކިޔުމުގެ ގޮތުން ވަނީ ހާއްސަ އެސެމްބްލީއެއްބާވާފައެވެ. މި ހާއްސަ އެސެމްބްލީގައި 2012 ވަނަ އަހަރު ސ އަތޮޅު މަދަރުސާގެ އޯލެވެލްގައި ބައިވެރިވެ ގައުމީ ގަދަ 10 އެއްގައި ހިމެނުނު ދަރިވަރު އަބްދުﷲ ހުޒާމް ހިޔާޒް ވަނީ ވާހަކަދައްކާފައެވެ. ހުޒާމްގެ ވާހަކައިގައި ހުޒާމް ގަދަ 10 އަކަށް ދާން ކުރި މަސައްކަތް ވަނީ ސްކޫލްގެ އެހެން ދަރިވަރުނާއި ހިއްސާކޮށްފައެވެ.

އައްޑޫގައި ފުލުހުންގެ ވަރަށް ހާއްސަ އޮޕަރޭޝަންތަކެއް

އައްޑޫގައި ފުލުހުންގެ ވަރަށް ހާއްސަ އޮޕަރޭޝަންތަކެއ

This is default featured slide 4 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.This theme is Bloggerized by Lasantha Bandara - Premiumbloggertemplates.com.

އަސްރިއްޔާގެ އާ އިމާރާތް ހުޅުވުމަށްޓަކައި މިއަދު ހަވީރު އޮތް ހާއްސަ ރަސްމިއްޔާތުގައި އެއިމާރާތް ހުޅުއްވައިދެއްވީ އެހަފްލާގެ ޝަރަފުވެރި މެހުމާނު ޝަމަސުއްދީނު ސްކޫލުގެ ޕްރިންސިޕަލް އަލްފާޟިލް އިބްރާހިމް ވަހީދު އެވެ.

އަސްރިއްޔާގެ އާ އިމާރާތް ހުޅުވުމަށްޓަކައި މިއަދު ހަވީރު އޮތް ހާއްސަ ރަސްމިއްޔާތުގައި އެއިމާރާތް ހުޅުއްވައިދެއްވީ އެހަފްލާގެ ޝަރަފުވެރި މެހުމާނު ޝަމަސުއްދީނު ސްކޫލުގެ ޕްރިންސިޕަލް އަލްފާޟިލް އިބްރާހިމް ވަހީދު އެވެ. މިރަސްމިއްޔާތުގައި މަކްތަބުލް އަސްރިއްޔާގެ ބާނ Iމުހައްމަދު ނަޖީބު ( މުދިންބޭބެ) އާއި އައްޑޫ ސިޓީގެ ޑެޕިއުޓީ މޭޔާރ އަލްފާޟިލް ހަސަން ޝާހިދުގެ އިތުރުން ހުޅުމީދޫގެ މުވައްސަސާތިކުގެ އިސްވެރިންވެސް ބައިވެރިވެ ވަޑައިގިތެވެ.

Norwegian Mountain Trip

Pulpit rock

Leave a comment

Monday, December 2, 2013

ބައިނަލް އަގްވާމީ ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ކުދިންގެ ދުވަސް ވަރަށް ކުލަގަދަ ކޮށް އައްޑޫސީޓީ ހުޅުމީދޫ އަވަޝުގައި ފާހަނގަކޮށްފި


އެސޯ ސި އޭޝަން ފޯރ ޑިސްއެބިލިޓީސް ރެހެބިލޓޭޝަން ކެޔާ  ( އޭ ޑީ އާރު ސީ އިން ) އައްޑޫ ސިޓީ ހުޅުމީދޫގައި ބައިނަލް އަގްވާމީ ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ކުދިންގެ ދުވަސް ވަރަށް ކުލަގަދަކޮށް ފާހަނގަކޮށްފިއެވެ. އެގޮތުން ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ކުދިންނަށް ބައިވެރިވެވޭ ގޮތަށް ވަނީ ތަފާތު ހަރަކާތްތަކެއް ކުރިޔަށް ގެންގޮސްފައެވެ

މި މަހުގެ  29 ވަނަ ދުވަހުން ހެދުނުން ފެށިގެން އެދުވަހުގެ ރޭގަޑާއި ހަމަޔަށް ވަނީ ޕްރޮގްރާމްތަކެއް ކުރިޔަށް ގެންގޮސްފައެވެ.  އެގޮތުން 29 ވަނަ ދުވަހު ހެދުނު 6:00 ގައި ވަނީ ދުވަހާއި ގުޅޭ ހިގާލުމެއް ބާއްވާފައެވެ. މި ހިގާލުން ފަށްޓަވައިދެއްވީ ދިވެހި ރާއްޖޭގެ ގައުމީ ފުޓުބޯޅަ ޓީމަށް ރަންމެޑަލް ހޯއްދަވައިދެއްވި ކެޕްޓަން އައްސަދު އަބްދުﷲ ޢަނީއާއި  މި އިވެންޓްގެ ސްޕޮންސާ ސާމިއު އަންވަރުއެވެ. މި ހިނގާލުމުގައި ދުވަހާއި ގުޅޭޝިޔާރު ލިޔެފައިވާ ބެނާތައްވަނީ ބޭނުންކޮށްފައެވެ. އަދި ދުވަހާއި ގުޅޭގޮތުން  ވަނީ  މިހިގާލުމުގެ ބައިވެރިން އަޑު އުފުލާފައެވެ. މިހިގާލުން ފެށިފައިވަނީ އައްޑޫ ސިޓީ ހުޅުދޫ ބުރު ސަރަހަދުންނެވެ. އަދި މި ހިގާލުން ނިންމާފައިވަނީ އައްޑުސިޓީ މީދޫ ޖެޓީއަށެވެ

މީގެ އިތުރުން އޭޑީ އާރު ސީ އިން ވަނީ އާއިލީ ހަވީރެއްވެސް ބާއްވާފައެވެ. 29 ވަނަ ދުވަހު ހަވީރު 4:00 ގައި ފެށުނު މިހަވީރަކީ ޝަންގްރިލާ ރިސޯޓުގެއް އެއްބާރުލުމާާއި އެއްކޮށްބޭއްވިފައިވާ ހަވީރެކެވެ . އެގޮތުން ދުވަހާއި ގުޅޭ ކޭކްގެ އިތުރުން ވެސް ވަރަށް ބޮޑެތޮ އެހީތައްވެދެއްވާފައިވާކަމަށާއި ޝަންގްރިލާ ރިސޯޓަކީ އަބަދުވެސް އެ ޖަމީއްޔާ އަށް އެހީތެރިކަން ފޯރުކޮށްދޭފަރާތެއްކަމަށް ވަނީ އޭ ޑީ އާރު ސީ ގެ ޗެޔާ ޕާސަން އަހުމަދު ޝަރީފް ވަނީ ވިދާޅުވެފައެވެ

ދުހުވަސް ނިންމުގެ ގޮތުން ބޭއްވުނު ޝޯ އަކީ ވަރަށް ވެސް ފުރިހަމަ ޝޯ އެކެވެ. ވަރަށް ގިނަ ބަޔެއްގެ ތަރުހީބު ލިބިގެން ދިޔަ މިޝޯގައި ވަނީ ނުކުޅެދުންތެރިކަން ހުންނަ މީހެއްގެ ޓެލެންޓްދަކާލާފައެވެ. އަދި މި މުޖުތަމައުގައި މިހާރު ހިދުމަތްދެމުން އަން ނުކުޅެދުންތެރިކަން ހުންނަ މީހުނާއި ބެހޭ ޕްރެޒެންޓޭޝަންސްތަކެއްވަނީ ދައްކާފައެވެ. އަދި މީގެ އިތުރުން އެބޭފުޅުން މުޖުތަމައުއަށް ކުރަމުންދާ މަސައްކަތުގެ އަގު ވަޒަން ކުރުމުގެ ގޮތުން ހަނދާނީ ލިޔުންވަނީދީފައެވެ

Monday, November 4, 2013

ބޭނުންފުޅު ވަނީ 3 ރިޔާސީ ކެންޑިޑޭޓުން އެއްބަސްވާ ސިޔާސީ ހައްލެއް ކަމަށް ރައީސް ވިދާޅު ވެއްޖެ

އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުން ރައިސަކުން  އިންތިހާބު ނުކުރެވިއްޖެ ނަމަ ރަޢިސް މުހައްމަދު ވަޙިދު ހަސަން  ބޭނުން ވަނީ ރިޔާސީ 3 ކެންޑިޑޭޓުން އެއްބަސްވާ ސިޔާސީ ހައްލެއްކަމަށް މިހާރުގެ ރަޢިސް މުހައްމަދު ވަހީދު ހަސަން ވިދާލުވެއްޖެއެވެ

ސަރުކާރުގެ ފަރާތުން މައުލޫމާތު ލިބިފައިވާގޮތުގައި މާދަމާ ހެދުނު 11:30 ގައި ރިޔާސީ ކެންޑިޑެޓުންނާއި ބައްދަލުކުރެއްވުމުގެ އެންމެ ބޮޑު ބޭނުންފުޅަކީވެސް އެއީ ކަމަށެވެ

ކެންޑިޑޭޓުންނާ ރައީސް ވަހީދު ބައްދަލުކުރައްވާ އަނެއް ބޭނުންފުޅަކީ، ސަރުކާރުން ބުނި ގޮތުގައި، ހޮނިހިރުދުވަހު އިންތިޚާބު ބޭއްވުމަށް އެ ބޭފުޅުންގެ އެއްބާރުލުން ދެއްވުމަށް އިލްތިމާސް ކުރެއްވުމެވެ.

ތެޔޮ ޝިޕްމެންޓަކަށް އެސް ޓީ އޯ އިން އޯޑަރު ދީފި


އެސް ޓީ އޯ އިން 7000 ޓަނުގެ  ތެޔޮ ޝިޕްމެންޓަކަށް އޯޑާރު ކޮށްފިއެވެ. އެސް ޓީ އޯ ގެ  މެނޭޖިން ޑިރެކްޓާރ ޝަހިދު ހަލީ ވިދާޅުވީ ތެޔޮ ޝިޕްމެންޓަށް އޯޑާރ ކޮށްފައިވަނީ ސަރުކާރުން ދިން 3.5 މިލިޔަން ޑޮލަރާއި އެކުންފުނީގެ 3.5 މިލިޔަން ޑޮލަރަށެވެ

ޝާހިދު އިތުރަށް ވިދާޅުވީ މިހާރު މި ގެންނަނީ 7 ދުވަހުގެ ޝިޕްމެންޓެއްކަމަށާއި މާދަމާ އިތުރު ޝިޕްމެންޓެއް ގެންނަން މަސައްކަތް ފަށާނެކަމަށެވެ. އަދި މިޝިޕްމެންޓުގެ ސަބަބުން ކޮންމެވެސް ވަރަކަށް ތެލުގެ ޝޯޓޭޖް ހައްލުވެގެން ދާނެކަމަށެވެ

އެކުންފުނިން ބުނެފައިވަނީ މިވަގުތު ރާއްޖެއަށް ބޭނުން ވާ ތެޔޮ ގެންނަން މިވަގުތު 20 މިލިޔަން ޑޮލަރު ބެނުންވާކަމަށެވެ. އެހެން ނަމަވެސް ސަޕްލަޔަރަށް ފައިސާ ނުދެއްކިގެން އޫޅެނީ ސަރުކާރުން ދައްކަން ޖެހޭ ގިނަ އަދަދެއްގެ ފައިސާ ނުލިބުން ކަމަށެވެ

އެސް ޓީ އޯ އިން އިއްޔެ އޯޑާދީފައިވަނީ  ރާއްޖެ އަށް ބޭނުންވާ ޕެޓްރޯ، ޑީސަލް އަދި ޖެޓް ފިއުލްއެވެ

Saturday, November 2, 2013

މީދޫ ކާޑުގޭގެ މަސައްކަތް ވަރަށް ބާރު ސްޕީޑުގައި ކުރިޔަށް އެބަދޭ

އައްޑޫ އަތޮޅު މިދޫ އަކީ ވަރަށްގިނަ އާސާރީ ތަންތަންހުނަ ރަށެކެވެ. އެގޮތުން ކާޑުގެ އަކީ މީދޫ ގެ ދުވަސްވީ އެއް އާސާރުގެ ތެރެއިން މުހިންމުތަނެކެވެ. ކާޑުގެ ވީރާނާވަމުން ދަނިކޮށް މީދޫ އަންހެނުންގެ ޗޭނުން އިސްނަގައި އެތަން މަރާމާތު ކޮށް ގިނަ ދުވަހަށް ދެމެހެއްޓުމަށް ނުވަތަ ދެން އަންނަ ޖީލު ތަކަށް ފޯރުކޮށް ދިނުމަށް މަސަކަތްތަކެއްފެއްޓެވިއެވެ

އެގޮތުން އެންމެ ފުރަތަމަ އެ ޖަމީއްޔާއިން އިސްނަގައިގެން ވަނީ ކާޑުގޭގެ ގޯތި ތެރޭގައި ޝަންގްރިއްލާ ރިސޯޓްގެ އެހީތެރިކަމާއި އެއްކޮށް ޕާކެއް ތަރައްގީ ކޮށަފައެވެ

މިހާރު މީދޫގެ އަންހެނުންގެ ޗޭނުން ކުރަމުންދާ މަސައްކަތަކީ އަނެއްކާވެސް ރަށަށް އެކަމަކުން ބޮޑެތި ފާއިދާތަކެއް ވެގެން ދާނެ ކެމެކެވެ. ކާޑުގޭގައި ގާއިމު ކުރުމަށް ހަމަޖެހިފައިވާ އާއްމުނަށް ހުޅުވާލާ ލައިބްރަރީގެ މަސައްކަތް ވަރަށް ބާރު އިސްޕީޑެއްގައި ކުރިޔަށް އެބަދެއެވެ. ކާޑު ގޭގައި މި ލައިބްރަރީގެ އިތުރުން ވަނީ  އާސާރީ ތަކަތި ޑިސްޕްލޭ ކުރުމުގެ ގޮތުން ތާރީހީ ކަނާ ގެ ނަމުގައި ތަނެއް ހަދާފައެވެ. މީގެ އިތުރުން މީދޫ އަންހެނުންގެ ޗޭނު ޖަމިއްޔާގެ އޮފީހެއްވެސްހެދުމަށް ވަނީ ހަމަޖެހިފައެވެ

މިހާރު ކާޑުގޭގައި ހިގަމުން ދަނީ ލައިބްރަރީގައި ހަރު ޖެހުމުގެ މަސައްކަތެވެ. މި މަސައްކަށް ވަރަށް ބާރު އިސްޕީޑުގައި ކުރިޔަށް ދާކަން ފާހަނގަކޮލަމެވެ




Friday, November 1, 2013

ހެލްތްމިނިސްޓާރ ޑޮކްޓާރ ޖަމްޝީދު އިސްތިއުފާ ދެއްވައިފި

ހެލްމިނިސްޓާރ ޑރ ޖަމްޝީދު ވަޒީރުކަމުން އިސްތިއުފާދެއްވައިފިއެވެ. ވަޒީރުކަމުން ޑރ ޖަމްޝީދު އިސްތިއުފާ ދެއްވިކަން ވަނީ ރައިސް އޮފީހުންވެސް ކަށަވަރުކޮށްދީފައެވެ

ރައީސް އޮފީހުގެ މީޑިޔާ ސެކެރެޓަރީ  މިއަދު ވިދާޅު ވީ ޖަމްޝީދު ވަނި  ވަޒީރުކަމުން އިސްތިއުފާދެއްވާފަ ކަމަށާއި އިސްތިއުފާ ދެއްވީ  އިންޑިޔާގައި ހުންނަ އދ ގެ އިދާރާއިން ރަނގަޅު ވަޒީފާއެއްލިބުމުން ކަމަށެވެ. އަދި އެމަނިކުފާނަށް އެ ވަޒިފާ ހަމަޖެހިފައިވާތާ ދުވަސްތަކެއް ވެއްޖެ ކަމަށްވެސް ރައީސް އޮފީހުގެ މީޑިޔާ ސެކެރެޓަރީ ވަނީ ވިދާލުވެފައެވެ

ޖަމްޝީދު ވަޒީރު ކަމުން އިސްތިއުފާ ދެއްވާފައި ވަނީ  ރައީސް ވަހީދުގެ ރިޔާސީ ދައުރު ހަމަވާން އެންމެ 10 ދުވަހަށްވެފައިވަނިކޮށެވެ. ޑރ ޖަމްޝީދު މިނިސްޓަރުކަމާއި ހަވާލުވެފައިވަނީ 12 ފެބުރުއަރީ 2012 ގައެވެ

މައުމުނު ހުންނެވީ ވޯޓުން ރައީސަކު ހޮވުނަ ދިނުމުގެ ސަގާފަތް ގާއިމް ވެ ނުދިނުމަށް ކަމަށް ނަޝީދު ވިދާޅު ވެއްޖެ

ރާއްޖޭގައި މިހާތަނަށް އެންމެ ދިގު މުއްދަތަކަށް ވެރިކަން ކުރެއްވި ކުރީގެ ރައީސް  އަލް އުސްތާޒު މައުމޫން އަބްދުﷲ ޤައްޔޫމު ރާއްޖޭގައި ވޯޓަކުން ވެރިޔަކު އިންތިހާބު ވިޔަ ނުދިނުމަށް މަސައްކަތް ކުރައްވާކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ރޭ ވިދާލުވެއްޖެއެވެ

ރޭ ޅ ހިންނަވަރުގައި ބޭއްވި ކެމްޕޭން ޖަލްސާ އެއްގައި ވާހަކަ ދައްކަމުން ނަޝީދު ވިދާޅުވެފައިވަނީ މައުމޫނަކީ ދުވަހަކުވެސް ވޯޓަކުން މޮޅުވެ ވަޑައިގަތް ބޭފުޅެއްނުން ކަމަށާއި އެބޭފޫޅުން ގެނަދަވަނީ ވޯޓް ހިފަހައްޓަމުން ކަމަށެވެ

މީގެ އިތުރުން މައުމޫނުގެ 6 ދައުރު ނިމިގެން ދިޔަ އިރު ޅ ނައިފަރަށް ކޮށްދެއްވާފައިވަނި ކޮން ކަމެއްތޯ ނަޝީދު ސުވާލު އުފެއްދެވިއެވެ

ނަޝީދު ވިދާޅުވީ އެމް ޑީ ޕީ ނޫން ބަޔަކަށް ޑިމޮކްރެޓިކް ނިޒާމެއް ނުހިންގޭނެކަން  ވެތުވެދިޔަ 2 އަހަރުން ވަރަށް ސާފްވެފައިވާ ކަމަށެވެ. ނަޝިދު ވިދާލުވި ގޮތުގައި އެމް ޑީ ޕީގެ އަމާޒަކީ ރައްޔަތުންނަށް ތައްރައްގީ ހޯދައި ދިނުމެވެ

Thursday, October 31, 2013

އިންޑިޔާގެ ސަފީރު ކާރުގެ ފަހަތު ބިއްލޫރި ތަޅާލި މައްސަލައިގައި މީހަކު ހައްޔަރު ކޮށްފި

ރާއްޖެއަށް އިންޑިޔާއިން ކަޑައަޅާފައި ހުންނަވާ ސަފީރު ރާޖިވް ޝަހަރޭގެ ކާރުގެ ފަހަތު ބިއްލޫރި ގަނޑު ތަޅާލި މައްސަލައިގައި މީހަކު ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ

ފުލުހުން ބުނި ގޮތުގައި ކޯޓު އަމުރެއްގެ ދަށުން 22 އަހަރު ގެ އެމީހާ ހައްރުކޮށްފައި ވަނީ ރޭގެ ދަންވަރުގެ ވަގުތެއްގައި ކަމަށެވެ. އެހެން ނަމަވެސް އެމީހާ އާއި ބެހޭ އެއްވެސް މައުލޫމާތެއް ފުލުހުން ހާމަކޮށްފައެއް ނުވައެވެ

އިންޑިޔާގެ ހައި ކޮމިޝަނުގެ ކާރުގެ ބިއްލޫރި ގަނޑު ތަޅާލާފައިވަނީ ހޯމަ ދުވަހުގެ އިރު އޮތްސި 6:00 ހާއިރުގައެވެ

މިކަމާއި ގުޅިގެން ވަނީ ރައީސް އޮފީހުން ބަޔާނެއް ނެރެފައެވެ. މިބަޔާނުގައި މި އަމަލު ވަރަށް ހަރު ކަށި އިބާރާތުން ވަނީ ކުއްވެރި ކޮށްފައެވެ. އަދި މި އަމަލު ހިނގި ފަރާތްތަށް ހޯދައި އިންސާފުގެ ކުރިމައްޗަށް ގެވޭނެކަމުގެ ޔަގީންކަންދޭ ކަމަށެވެ

Wednesday, October 30, 2013

ރާއްޖެ ޓީވީ ގައި ހުޅު ޖެހި މައްސަލައިގައި 7 މީހުން ހައްޔަރު ކޮށްފި


ރާއްޖެ ޓީވީގައި ހުޅު ޖެހި މައްސަލައިގައި  7 މީހުންވަނީ ހައްޔަރި ކޮށްފިއެވެ. ފުލުހުން ބުނިގޮތުގައި މިމައްސަލައިގައި ހައްޔަރު ކޮށްފައިވަނީ 22 އަހަރުގެ ދެމީހަކާއި 21 އަހަރުގެ މީހަކާއި 20 އަހަރުގެ މީހަކާއި 18 އަހަރުގެ  2 މީހެއްގެ އިތުރުން 17 އަހަރު ގެ ކުޑަކުޖެއް ކަމަށެވެ

ރާއްޖެ ޓީވީ އަންދާލި މައްސަލައިގައި ތުހުމަތު ކުރެވޭ އިތުރު ފަރާތްތަށް ހޯދަމުން އަންނަ ކަމަށް ފުލުސް އޮފީހުން ވަނީ ފުނެފައެވެ. އެހެން ކަމުން މި މައްސަލައާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ލިބިޖެ ނަމަ ވީހާވެސް އަވަހަކަށް  ފުލުހުންގެ ހޮޓްލައިން ނަމްބަރ 3322111  ނުވަތަ ސިރިއެސް އެންޑް އޯގަނައިޒްޑް ކްރިމިނަލް ޑިޕާޓްމެންޓުގެ ނަމްބާރ 9911099 ގުޅާ ހިއްސާ ކުރެއްވުމަށް ފުލުހުން އެދިފައިވެއެވެ

ރާއްޖެ ޓީވީ ގައި ހުޅު ޖެހުމުގެ ސަބަބުން ވަނީ އެއިމާރާތަށް ބޮޑެތި ގެއްލުންތަކެއްވެ  އެވަގުތު އެތާގައި ތިބި އިކްއިޕްމެންޓްސް ވަނީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައެވެ

އަމީން ފައިސަލްގެ މައްޗަށް ދައުވާކުރަން ފޮނުވައިފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ގެ ސަރުކާރުގައި ހޯމް މިނިސްޓަރ ކަން ކުރެއްވި  އަމީން ފައިސަލްގެ މައްޗައް ދައުވާކުރުމަށް  ޕްރޮސިކިއުޓާރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ. މައުލޫމާތު ލިބިފައިވާގޮތުގައި ޕޮރޮސެކިއުޓާރ ޖެނަރަލް އޮފީހަށް ފޮނުވާފައިވަނި އަމީން ފައިސަލް މަގާމުގެ ނުފޫޒް ބޭނުންކޮށްގެން ނާޖާއިޒް ފައިދާ ހޯދައި ދިނުމުގެ މައްސަލައިގައެވެ

އެންޓިކޮރޮޕްޝަން ކޮމިޝަން -އިސީ ސީ - އިން ބުނެފައިވަނީ އަމީން ފައިސަލްގެ މައްޗަށް ދައުވާ ކުރަން ފޮނުވާފައިވަނީ މާލޭ ސިޓީގެ މެމްބަރު ސަރަގު އާދަމް މަނިކުގެ  ދަރިފރޅު އިބްރާހިމް އާދަމް މަނިކު މަސްތުވާތަކޭތީގެ މައްސަލައެއްގައި އުމުރަށް ޖަލަށް ލުމަށް ހުކުމް ކޮށްފައި ވަނިކޮށް ރާއްޖެ ގެނައި މައްސަލައިގައެވެ

އިބްރާހިމް އާދަމް މަނކު ރާއްޖެ ގެނައި  ޖަލު ހުކުމް ރާއްޖޭގައި ތަންފީޒު ކުރާނެ ކަމުގެ ޔަގީންކަން ސިރި ލަންކާގެ ޖަސްޓިސް އަށް ރާއްޖޭގެ ހޯމް މިނިސްޓްރީ އިން ދީގެން ކަމަށާއި ، އަދި ރާއްޖޭގެ ހޯމް މިނިސްޓްރީ އިން ޒިންމާނަގާނެ ކަމުގައި ޔަގީންކަން ދީ އެ ސިޓީ ލަންކާގެ ޖަސްޓިސް މިނިސްޓްރީހަށް ފޮނުވާފައި ވަނީ ވެސް އެކްޓިން ހޯމް މިނިސްޓާރގެ ހައިސީއަތުން އަމީން ފައިސަލް ކަމަށް އީސީސީ ގެ ނޫސް ބަޔާނުގައި ވެއެވެ

ރާއްޖޭގައި ގައުމުތަކުން ކުރާ ހުކުމް ތައް ތަންފީޒު ކުރުމުގެ އޮނިގަޑެއް ނެތި އިބްރާހިމް އާދަމް މަނިކުގެ މައްޗަށް ރާއްޖޭގައި ހުކުމް ކުރާނެ ކަމުގެ ޔަގީކަން އަމީން ފައިސަލް ދެއްވާފައިވާ އިރު ރާއްޖޭން ބޭރުގައި އެތައް ކުރީއްސުރެ ހުކުމް ތަފީޒް ކުރަމުންދާ މީހުން ތިއްބާ އިބްރާހިމް އާދަމް މަނިކުގެ މައްޗަށް ރާއްޖޭގައި ހުކުމް ކުރުމަށް ގެނެއުމުގެ މި އަމަލަކީ  މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ވަކި ފަރާތަކަށް ނާޖާއިޒު ފައިދާ ހޯދައި ދިނުމަށް ކޮށްފައިވާ އަމަލެއްކަމަށް ތަހުގީގަށް ފަހަނގަ ކުރެވިފައިވާ ކަމަށް އީސީސީ އިން ބުނެފައިވެއެވެ
 

Tuesday, October 29, 2013

ގައުމީ ޓީމުގެ ޑޮކްޓަރ އެމޭޖެންސީކޮށް ލަންކާއަށް ފޮނުވާލައިފި

ގައުމީ ފުޓުބޯޅަ ޓީމުގެ ޑޮކްޓަރު އަދި އެފް އޭ އެމްގެ ސްޕޯޓްސް ފިޒީޝަން އަހުމަދު ޝަކީބު ކުއްލި ގޮތަކަށް ކުރިމަތިވި ސިއްހީ މައްސަލަތަކާއި ގުޅިގެން ރޭ ދަންވަރު ލަންކާއަށް ގެންގޮސްފިއެވެ. ގައުމީ ޓީމުގެ ޑޮކްޓަރ ޝަކީބު އަށް ދިމާވެފައިވަނީ ހިތުގެ މައްސަލަތަކެއް ކަމަށް ވަނި މައުލޫމާތު ލިބިފައެވެ

ރޭދަންވަރު މާލެއިން ފުރުވާލުމަށް ޝަކީބު ގެނައިއިރު ކުޅިވަރުގެ ދާއިރާގައި ހަރަކާތްތެރިވާ ވަރަށްގިން ކޯޗުންނާއި އެފް އޭ އެމްގެ  އިސްވެރިން އަދި ގައުމީ ކުޅުންތެރިންގެ އިތުރުން ވަރަށް ގިނަ މީހުން ތިއްބެވެ.

ގައުމީ ޓީމުތަކާއި ކުޅިވަރު ކުޅޭ ކުޅުންތެރިންނަށް ފަރުވާ ދިނުމުގައި ގިން ދުވަސްތަކެއް ޝަކީބް ވަނީ ހޭދަކޮށްފައެވެ. އަދި ސިއްހީ ރޮނގުގެ އިތުރު އެހެން ފަންނުތަކުގައިވެސް ފާހަނގަ ކުރެވޭ ހިދުމަތްތަކެއް ވަނީ ކުރައްވާފައެވެ. ހާއްސަ ގޮތެއްގައި ގައުމީ ފުޓްބޯޅަ ޓީމަށް ވަނީ ވަރަށް ބޮޑަށް ހިދުމަތް ކޮށްދެއްވާފައެވެ

Monday, October 28, 2013

އަންނަ ހޮނިހިރުދުވަހު އިންތިޚާބު ބާއްވަން ތިން ކެންޑިޑޭޓުން އެއްބަސްވެއްޖެ

ނޮވެމްބަރު މަހުގެ 9 ގައި އަލުން އިންތިހާބު ބާއްވަން ނިންމާފައިވީނަމަވެސް ފުރަތަމަ ބުރުގެ ވޯޓުލުން އަންނަ ހޮނިހިރު ދުވަހަށް އަވަސްކޮށް، ދެވަނަ ބުރު ނޮވެމްބަރު 9 ގައި ބޭއްވުމަށް އިލެކްޝަންސް މަޝްވަރާކުރަން ތިން ކެންޑިޑޭޓުން މިރޭ އެއްބަސްވެ ވަޑައިގެންފިއެވެ.

މިހާރު އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނީ އިންތިހާބުގެ ފުރަތަމަ ބުރު ނޮވެމްބަރު 9 ގައި އަދި ދެވަނަ ބުރު 16 ވަނަ ދުވަހު ބޭއްވުމަށެވެ. އެކޮމިޝަނުން ކުރިން ބުނެފައިވަނީ އެއީ އިންތިހާބު ބޭއްވޭނެ އެންމެ އަވަސް ތާރިހު ކަމަށެވެ. އަދި އެއީ އެންމެ ކުރުކޮށް އެންމެ ބޮޑަށް ފުރުސަތު ދީގެން އިންތިހާބު ބޭއްވޭނެ ކަމަށް ބެލެވޭ މުއްދަތު ކަމަށްވެސް އިލެކްޝަންސް އިން ބުނެފައިވެއެވެ.

ރިޔާސީ އިންތިހާބު އަވަސް ކުރަން ނިންމީ ގައުމީ މަސްލަހަތަށް ބަލާފައި



ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ތިން ކެންޑިޑޭޓުން ރޭ ބައްދަލުކުރައްވައި، އިންތިޚާބުގެ ފުރަތަމަ ބުރު އަންނަ ހޮނިހިރުދުވަހަށް އަވަސް ކުރުމަށް ނިންމެވި ނިންމެވުމަކީ ގައުމުގެ މަސްލަހަތާއި ހަމަޖެހުމަށް ނިންމެވި ނިންމުމެއް ކަމަށް ރައީސް މުހައްމަދު ވަހީދު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް ނެރުއްވި ބަޔާނެއްގައި ވިދާޅުވީ އިންތިޚާބުގެ ފުރަތަމަ ބުރު އަންނަ ހޮނިހިރުދުވަހު އަދި ދެވަނަ ބުރެއް ބާއްވަން ޖެހިއްޖެ ނަމަ ނޮވެމްބަރު 9 ވަނަ ދުވަހު ބޭއްވުމަށް ތިން ކެންޑިޑޭޓުން ނިންމެވި ނިންމެވުމަށް ރައީސް ވަރަށް އުފަލާ އެކީ މަރުހަބާ ދަންނަވާ ކަމަށެވެ. ހުރިހާ ކެންޑިޑޭޓުންނަކީ އެބޭފުޅުންގެ އަމިއްލަ ސިޔާސީ އަމާޒުތަކަށްވުރެ ގައުމީ މަސްލަހަތު އިސްކުރައްވާ ބޭފުޅުންކަން އެކަމުން ރައްޔިތުންނަށް އިތުރަށް ޔަގީންވެގެން ހިނގައްޖެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"ރައްޔިތުންގެ އިތުބާރު އޮތް އިންތިޚާބެއް މިތާރީހުތަކުގައި ބޭއްވެވުމަށް އިލެކްޝަންސް ކޮމިޝަނުން ކުރެއްވެން ހުރި ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށް އަޅުގަނޑު ޔަގީންކުރަމެވެ. އަދި މިފަދަ ކާމިޔާބު އިންތިޚާބެއް ބޭއްވިއްޖެ ނަމަ ދިވެހި ދައުލަތަށް ގާނޫނީ ހުސްކަމެއް ނާންނާނެ ކަން އަޅުގަނޑު މި ފުރުސަތުގައި ފާހަގަކުރަމެވެ،" ބަޔާނުގައިވެ އެވެ 

Thursday, June 27, 2013

މުލިމަތިން އެންޓި ޑްރަގް ޑޭ ފާހަކަކުރުމުގެ ގޮތުން ހަރަކާތްތަކެއް ކުރިޔަށް ގެންދަނީ

މުލިމަތި ޔުނައިޓެޑް އިން އިސްނަގައިގެން  މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތްކުރާ ދުވަސްފާހަނގަ ކުރުމަށް އެކި އެކި ހަރަކާތްތަކެއް ކުރިޔަށްއެބަގެންދެއެވެ. އެގޮތުން އިއްޔެ ހަވީރު ހަރަކާތްތަށް ފެށުމުގެ ގޮތުން ވަނީ ހާއްސަ ރަސްމީއްޔާތެއް ބާއްވާފައެވެ. މި ރަސްމީއްޔުބޭއްވީ ހުޅުމީދޫ އެސް ޓީ އޯ ކުރިމަތީގައެވެ. މިހަރަކާށްތައް ފައްޓަވައިދެއްވީ އައްޑޭ ސިޓީގެ ޑެޕިއުޓީ މޭޔާރ ހަސަން ޝާހިދެވެ.
އެގޮތުން ވަނީ ރޯޑްޝޯއެއްބާއްވާފައެވެ. ރަށުގެ ތިން ސަރަހައްދެގައި ކުރިޔަށް ގެންދިޔަ ރޯޑް ޝޯގައި ވަނީ މަސްތުވާތަކެޗަށް ހޭލުންތެރިކުރުމުގެ ގޮތުން މައުލޫމާތު އެކުލެވޭ ލީފް ލެޓްތަކެއްވެސް ބަހާފައެވެ. އަދި މި ތިން ސަރަހައްދުގައިވެސް މައުލޫމާތު ދިނުމަށްޓަކައި ޖާނީ ގެ ބޭފުޅުންވަނީ ހަރަކާތްތެރިވެފައެވެ.
 މުލިމަތި ޔުނައިޓެޑްގެ ފަރާތުން މައުލޫމާތު ދީފައިވާގޮތުގައި މިހަރަކާތްތަށް 4 ދުވަހަށް ކުރިޔަށްދާނެއެވެ. މިހަރަކާތްތަކުގެ ތެރޭގައި ސްކޫލުގެ ދަރިވަރުންނާއި ބެލެނިވެރިންނަށް މައުލޫމާތު ދިނުމާއި ، ސްކޫލް ތަކުގެ ޕީ ޓީ އޭ އަށް އަމާޒުކޮށްގެން ވޯކްޝޮޕެއްބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

Wednesday, June 26, 2013

އަސްރިއްޔާގެ އާ އިމާރާތް ހުޅުވައިފި.



 އަސްރިއްޔާގެ އާ އިމާރާތް ހުޅުވުމަށްޓަކައި މިއަދު ހަވީރު އޮތް ހާއްސަ ރަސްމިއްޔާތުގައި އެއިމާރާތް ހުޅުއްވައިދެއްވީ އެހަފްލާގެ ޝަރަފުވެރި މެހުމާނު ޝަމަސުއްދީނު ސްކޫލުގެ ޕްރިންސިޕަލް އަލްފާޟިލް އިބްރާހިމް ވަހީދު އެވެ. މިރަސްމިއްޔާތުގައި މަކްތަބުލް އަސްރިއްޔާގެ ބާނ Iމުހައްމަދު ނަޖީބު ( މުދިންބޭބެ) އާއި އައްޑޫ ސިޓީގެ ޑެޕިއުޓީ މޭޔާރ އަލްފާޟިލް ހަސަން ޝާހިދުގެ އިތުރުން ހުޅުމީދޫގެ މުވައްސަސާތިކުގެ އިސްވެރިންވެސް ބައިވެރިވެ ވަޑައިގިތެވެ.
.
މިހަފްލާގައި އަސްރިއްޔާ ޕްރީ ސްކޫލުގެ ޕްރިންސިޕަލް އަލް ހާފިޛު  އަބްދުﷲ ނަޖީބުގެ ވާހަކަފުޅުގައި 1969 ވަނައަހަރުން ފެށިގެން ފާއިތުވި 45 އަހަރު މިސްކޫލަށް އެކި ގޮތްގުން އައިސްފައިވާ ބަދަލުތަކަށް އަލިއަޅުވާލިއެވެ.މީގެ އިތުރުން މި ސްކޫލު އިމާރާތް ކުރުމަށް އެކިގޮތްގޮތުން ދީލަތި އެހީތަށް ވެދީފައިވާ ފަރާތްތަކުގެ ނަންތަށް ހާމަކޮށް އެބޭފުޅުނަނަށް ޝުކުރު އަދާކޮށްފައިވެއެވެ.
މިހަފްލާގެ ޝަރަފުވެރި މެހުމާނުގެ ވާހަކަފުޅުގައި ހުޅުމީދޫއަށް މިފަދަ އަގުހުރި ހިދުމަތެއް ކޮއްދެއްވާކަމަށްޓަކައި އަސްރިއްޔާގެ އިސްވެރިންނަށް ޝުކުރުއަދާކޮށްފައިވެއެވެ.މިހަފްލާނިމިގެން ދިޔައީ ދުޢާއަކުންނެވެ. ދުޢާ ލައިދެއްވީ އަލްފާޟިލް  އަހްމަދު ނަޖީބެވެ.

Tuesday, June 25, 2013

ހެރަތެރައިގެ ދަރަނި 20 މިލިއަން ޑޮލަރަށް އަރާ

އެމްޓީޑީސީގެ އެންމެ ބޮޑު އެސެޓް ޗަމްޕާ ހުސެއިން އަފީފުގެ ބޮޑު ހިއްސާއެއް އޮންނަ ކުންފުންޏަކަށް ވިއްކާލުމަށް ނިންމާފައިވާއިރު އެކަމާ ބެހޭ ގޮތުން މައުލޫމާތު ސާފުކުރަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީ އަށް ހާޒިރުކުރުމުން ބޯޑުގެ އާންމު މެމްބަރު އަބްދުﷲ ލީމަން ޒާހިރު ވިދާޅުވީ ހެރަތެރެ އިން އެކި ފަރާތްތަކަށް 17.5 މިލިއަން ޑޮލަރު ލޯނުގެ ގޮތުގައި ދައްކަންޖ ެހޭ ކަމަށެވެ. އަދި އޭގެ ތެރެއިން ހަތް ލައްކައެއްހާ ޑޮލަރު މިހާރު ވެސް އޯވަ ޑިއު ވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ލީމަން ވިދާޅުވި ގޮތުގައި ހެރަތެރަ ވިއްކާލަން ބޯޑުން ނިންމީ މޭ 30، 2013 ގަ އެވެ. އަދި އެމްޓީޑީސީގެ އެއްވެސް ހަރު މުދަލެއް ނުވިއްކަން ފިނޭންސް މިނިސްޓްރީން އެންގީ އޭޕްރީލް 13، 2013 ގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެހެން ނަމަވެސް އޭނާ ވިދާޅުވި ގޮތުގައި ފިނޭންސްގެ އެންގުމަށް އަމަލު ނުކުރަން ނިންމީ ގާނޫނީ ގޮތުން އެގޮތަށް އެ މިނިސްޓްރީ އަށް ނޭންގޭނެ ކަމަށް ގާނޫނީ ލަފާ ލިބުމުންނެވެ. އެކަމަކު ހެރަތެރަ ވިއްކަން ބޯޑުން ނިންމުމަށް ފަހު އެކަމާ މެދު ފިނޭންސް މިނިސްޓްރީން ދެކޭ ގޮތް ބެލުމަށް އެ މިނިސްޓްރީގައި މި މަހުގެ ދެވަނަ ދުވަހު އެދުނު ކަމަށް ލީމަން ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ފިނޭންސްގެ ބަހެއް ހޯދަން ބޯޑުން ދިން ފަސް ދުވަހުގެ މުއްދަތު ހަމަވިއިރު ވެސް ފިނޭންސުން އެއްވެސް ޖަވާބެއް ނުދެ އެވެ.

ފިނޭންސް މިނިސްޓްރީގެ އިތުރުން ރައްޔިތުންގެ މަޖިލީހާއި ޕްރައިވެޓައިޒޭޝަން ބޯޑުން ވެސް ވަނީ ހެރަތެރަ ވިއްކާލުމުން މަޑުޖައްސާލަން އަންގާފައި ކަމަށް އޭނާ ވިދާޅުވި އެވެ. އެކަމަކު އެ ދެ ތަނުން ވެސް އެކަން އެންގީ ހެރަތެރަ ވިއްކާލަން ބޯޑުން ނިންމި ފަހުން ކަމަށް ލީމަން ވިދާޅުވި އެވެ.


Monday, June 24, 2013

ގަވާއިދާ ހިލާފަށް ޕްލާސްޓިކް ކޮތަޅުތަކެއް އެތެރެކުރަން އުޅުނު ފަރާތެއް ޖޫރިމަނާ ކޮށްފި

ބަޔޯޑިގްރޭޑަބަލް ކޮތަޅު ޝިޕްމަންޓެއްގެ ތެރޭގައި ފޮރުވައިގެން ޕްލާސްޓިކް ކޮތަޅުތަކެއް ރާއްޖެ އެތެރެ ކުރަން މިދިޔަ ބުދަ ދުވަހު އުޅުނު ފަރާތެއް 56،000ރ. އިން ޖޫރިމަނާކޮށްފި ކަމަށް މޯލްޑިވްސް ކަސްޓަމްސް އިން މިއަދު ބުނެފި އެވެ.
ކަސްޓަމްސް އިން ބުނީ އެންވަޔަރަންމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) ގެ ހުއްދަ ވެސް ލިބިގެން އަދި ޑިއުޓީ ފްރީކޮށް އެތެރެކުރަން ކުރަން އުޅުނު ބަޔޯޑީގްރޭޑަބަލް ކޮތަޅުގެ ތެރެއިން 675 ދާގީނާ އަކީ ޕޮލީތިއަން ކޮތަޅު ކަމަށެވެ. އަދި އެ ތަކެތީގެ އިމްޕޯޓް ޑިއުޓީގެ ގޮތުގައި 5،23،243.23ރ. ދައްކަންޖެހެ އެވެ.
"މި ފައިސާ އާއި ޖޫރިމަނާ އެ ފަރާތުން ވަނީ މިހާރު ދައްކައިފަ އެވެ. މި މައްސަލަ މިހާރު ގެންދަނީ ކަސްޓަމްސްގެ ފަރާތުން އިތުރަށް ބަލަމުންނެވެ،" ކަސްޓަމްސްގެ ބަޔާނުގައިވެ އެވެ.
ޕްލާސްޓިކް ކޮތަޅަކީ 400 ޕަސެންޓް ޑިއުޓީ ދައްކަންޖެހޭ އެއްޗެކެވެ. އެކަމަކު ބަޔޯޑިގްރޭޑަބަލް ނުވަތަ ތިމާވެއްޓާ ރައްޓެހި ކޮތަޅު، އީޕީއޭގެ ހުއްދައާ އެކު ރާއްޖެ އެތެރެކުރާނަމަ ޑިއުޓީ ދައްކަން ނުޖެހެ އެވެ.

.