އެސް ޓީ އޯ އިން 7000 ޓަނުގެ ތެޔޮ ޝިޕްމެންޓަކަށް އޯޑާރު ކޮށްފިއެވެ. އެސް ޓީ އޯ ގެ މެނޭޖިން ޑިރެކްޓާރ ޝަހިދު ހަލީ ވިދާޅުވީ ތެޔޮ ޝިޕްމެންޓަށް އޯޑާރ ކޮށްފައިވަނީ ސަރުކާރުން ދިން 3.5 މިލިޔަން ޑޮލަރާއި އެކުންފުނީގެ 3.5 މިލިޔަން ޑޮލަރަށެވެ
ޝާހިދު އިތުރަށް ވިދާޅުވީ މިހާރު މި ގެންނަނީ 7 ދުވަހުގެ ޝިޕްމެންޓެއްކަމަށާއި މާދަމާ އިތުރު ޝިޕްމެންޓެއް ގެންނަން މަސައްކަތް ފަށާނެކަމަށެވެ. އަދި މިޝިޕްމެންޓުގެ ސަބަބުން ކޮންމެވެސް ވަރަކަށް ތެލުގެ ޝޯޓޭޖް ހައްލުވެގެން ދާނެކަމަށެވެ
އެކުންފުނިން ބުނެފައިވަނީ މިވަގުތު ރާއްޖެއަށް ބޭނުން ވާ ތެޔޮ ގެންނަން މިވަގުތު 20 މިލިޔަން ޑޮލަރު ބެނުންވާކަމަށެވެ. އެހެން ނަމަވެސް ސަޕްލަޔަރަށް ފައިސާ ނުދެއްކިގެން އޫޅެނީ ސަރުކާރުން ދައްކަން ޖެހޭ ގިނަ އަދަދެއްގެ ފައިސާ ނުލިބުން ކަމަށެވެ
އެސް ޓީ އޯ އިން އިއްޔެ އޯޑާދީފައިވަނީ ރާއްޖެ އަށް ބޭނުންވާ ޕެޓްރޯ، ޑީސަލް އަދި ޖެޓް ފިއުލްއެވެ







0 comments:
Post a Comment
އަޅުގަނޑު މެނަށް ހިޔާލު ފޮނުވުމަކީ ލިބޭ ކުރިއެރުމެއް