ގާނޫނު އަސާސީގެ 27 ވަނަ މާއްދާއިން
ބާރުލިބިގެން އަޅުގަނޑުމެން މި ހިންގާ ބުލޮގަކީ މުޖުތަމައުގެ ތެރޭގައި
ފެތުރެމުންދާ ތަފާތު ހިޔާލްތަށް ނުވަތަ ތަފާތު ކަންތައްތަށް އާންމުންގެ
ކުރިމައްޗައް ހުށައަޅައިދިނުމަށް ލިޔާ ބްލޮގެކެވެ.މި ބްލޮގަކީ ވަކި ހިޔާލެއް
ނުވަތަ ފިކުރެއްގެ މައްޗަށް ބިނާކޮށްގެން ހިންގޭ ބޮލޮގެއް ނޫނެވެ.މިއީ މިނިވަން
ހިޔާލުތަކާއި ފިކުރުތަކުގެ މައްޗައް އެކުލެވިގެންވާ ބުލޮގެކެވެ.
.
މާއްދާ 27 ގައ ި ބުނެފައިވަނީ :
.
މިނިވަންކަމާއެކު ފިކިރުކުރުމާއި ،
އިސްލާމްދީނުގެ އަސްލުކާ ހިލާފުނުވާ ގޮތެއްގެ މަތިން އެމީހެއްގެ ބުއްދިއަށް ފެންނަ
ގޮތްތަކާއި ، ހިޔާލުތައް ދުލާއި ގަލަމުން މިނޫންވެސް ގޮތްތަށް ފާޅު ކުރުމުގެ
މިނިވަންކަން ކޮންމެ މީހަކަށްމެ ލިބިގެންވެއެވެ.
.
އަޅުގަނޑު މެންގެ މައިގަނޑު
މަގުސަދުކަމުގައިވާ މުޖުތަމައުގައި އުފޭދޭ ތަފާތު ހިޔާލު ތަފާތު ވުންތައް ތިޔަބޭފުޅުންނާ
ހަމަޔަށް ގެނެސް ދިނުމުގައި ވަކި މިންގަޑު ތަކެއް ކަޑަ އެޅިފައިވާނެއެވެ. މި
މިންގަޑު ތަކަށް ނުފެތޭ އެއްވެސް ލިޔުމެއް މި ބުލޮގުގައި ޝައިއު ނުކުރެވޭނެ ވާހަކަ
ތިޔަ އެންމެހާ މައުލުމާތައްޓަކައި ދެންނެވީމެވެ. އަދި ހަމަ އެފަދައިން އެކަމުގެ ތެދު ދޮގު މިން ވަރަށް ބޮޑަށް ދިރާސާ ކޮފަނޫނީ ތިޔަބޭފުޅުންނާ
ހަމަޔަށް ގެނެސްނުދޭނަމެވެ.
.
މި ބުލޮގުގައި ވާ އެއްވެސް ލިޔުމަކީ
ވަކި މީހަކަު ދެރަކޮށްލުމަށް ނުވަތަ ވަކި މިހަކު ޕުރޮމޯޓު ކުރުމަށް ލިޔެފައިވާ
ލިޔުންތަކެއްނޫނެވެ.
.
ތިޔަ އެންމެ ބޭފުޅުންކުރައްވާ ކޮމެންޓް
ތަކަކީ އަޅުގަނޑު މެން ބަލާ މިންގަޑަށް ފެތޭ ކޮމެންޓެއްކަމުގައިވާނަމަ އެއަށް
އިހްތިރާމް ކުރާނަމެވެ. އެހެނީ އަޅުގަނޑު މެން ދެކޭ ގޮތުގައި އަލުގަނޑުމެންގެ
ޓީމަށް ލިބޭކުރިއެރުމެކެވެ.
.
މި ސައިޓަށް ޒިޔާރަތް ކޮށްލެއްވީތީ
ޝުކުރިއްޔާ !






!doctype>
0 comments:
Post a Comment
އަޅުގަނޑު މެނަށް ހިޔާލު ފޮނުވުމަކީ ލިބޭ ކުރިއެރުމެއް