Norwegian Mountain Trip

Pulpit rock

Leave a comment

Monday, June 10, 2013

އައްޑޫގައި ހުރި މިފްކޯގެ އައިސް ޕްލާންޓް އަލުން އޮޕަރޭޓް ކުރަނީ

އައްޑޫގައި މިފްކޯ އިން ހަދާފައި ހުރި އައިސް ޕްލާންޓް އަލުން އޮޕަރޭޓް ކުރުމާ ބެހޭ ގޮތުން އެކުންފުންޏާ ވާހަކަ ދައްކަމުން އަންނަ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝަފީއު އާދިއްތަދުވަހު ވިދާޅުވެއްޖެ އެވެ.
ގަމުގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ 2007 ވަނަ އަހަރު ގާއިމްކުރި އެ އައިސް ޕްލާންޓް މިހާރު ހުރީ އެއްގޮތަކަށް ވެސް ބޭނުން ނުކޮށް ކަމަށެވެ.
"މިފްކޯއާ އެކު ވާހަކަ ދައްކަމުން މި އަންނަނީ. މިފްކޯ އިން ވެސް އައްޑޫގައި އިތުރަށް އިންވެސްޓްކޮށް މަސައްކަތުގެ ވާހަކަތައް ދައްކަމުން އަންނަނީ،" ޝަފީއު ވިދާޅުވި އެވެ.
"މިހާތަނަށް ދެން އެ ބޭފުޅުންނަށް އައިސް ވިއްކުމުގައި ވިޔަފާރީގެ ގޮތުން އެތަން އޮޕަރޭޓް ކުރުމުގައި ހުރި ދަތިތަކަށް ބަލާފައި އެ ބޭފުޅުން ވެސް ޕްލޭންތަކެއް ކުރައްވައިގެން ގެންގުޅުއްވަނީ އެތަނުގައި ވެސް އިތުރަށް ކޯލްޑް ސްޓޯރޭޖް ފެސިލިޓީއެއް ގާއިމުކޮށް ކުރިއަށް ގެންދަން. އެކަމާ ބެހޭ މަޝްވަރާތައް [ފިޝަރީޒް މިނިސްޓްރީން] މިފްކޯއާ އެކު ކުރިއަށް އެބަ ދޭ."
މިނިސްޓަރު ވިދާޅުވީ ކުރިއަށް އޮތް ތަނުގައި އެހެން ކުންފުނިތަކުން ވެސް އައްޑޫގައި އިންވެސްޓްކޮށްގެން މަސްވެރިކަމުގެ ސިނާއަތް ފުޅާކުރުމަށް މަސައްކަތްތަކެއް ކުރާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
މިފްކޯ އިން ހިތަދޫ ބަނދަރު މަތީގައި 2007 ގައި ގާއިމުކުރި 200 ޓަނުގެ އައިސް ޕްލާންޓް ހުޅުވިތާ މާ ގިނަ ދުވަހެއް ނުވެ އެތަނުގެ މަސައްކަތް ވަނީ ހުއްޓާލައިފަ އެވެ.
އައްޑޫގައި 100 ޓަނުގެ އައިސް ޕްލާންޓަކާއި 1،000 ޓަނުގެ ކޯލްޑް ސްޓޯރޭޖެއްގެ އިތުރުން 250 މެޓްރިކް ޓަނުގެ ތެޔޮ ސްޓޯރޭޖް ފެސިލިޓީއެއް ގާއިމުކުރަން ކޫއްޑޫން މިހާރު އަންނަނީ ތައްޔާރު ވަމުންނެވެ.

0 comments:

Post a Comment

އަޅުގަނޑު މެނަށް ހިޔާލު ފޮނުވުމަކީ ލިބޭ ކުރިއެރުމެއް