Norwegian Mountain Trip

Pulpit rock

Leave a comment

Tuesday, June 25, 2013

ހެރަތެރައިގެ ދަރަނި 20 މިލިއަން ޑޮލަރަށް އަރާ

އެމްޓީޑީސީގެ އެންމެ ބޮޑު އެސެޓް ޗަމްޕާ ހުސެއިން އަފީފުގެ ބޮޑު ހިއްސާއެއް އޮންނަ ކުންފުންޏަކަށް ވިއްކާލުމަށް ނިންމާފައިވާއިރު އެކަމާ ބެހޭ ގޮތުން މައުލޫމާތު ސާފުކުރަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީ އަށް ހާޒިރުކުރުމުން ބޯޑުގެ އާންމު މެމްބަރު އަބްދުﷲ ލީމަން ޒާހިރު ވިދާޅުވީ ހެރަތެރެ އިން އެކި ފަރާތްތަކަށް 17.5 މިލިއަން ޑޮލަރު ލޯނުގެ ގޮތުގައި ދައްކަންޖ ެހޭ ކަމަށެވެ. އަދި އޭގެ ތެރެއިން ހަތް ލައްކައެއްހާ ޑޮލަރު މިހާރު ވެސް އޯވަ ޑިއު ވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ލީމަން ވިދާޅުވި ގޮތުގައި ހެރަތެރަ ވިއްކާލަން ބޯޑުން ނިންމީ މޭ 30، 2013 ގަ އެވެ. އަދި އެމްޓީޑީސީގެ އެއްވެސް ހަރު މުދަލެއް ނުވިއްކަން ފިނޭންސް މިނިސްޓްރީން އެންގީ އޭޕްރީލް 13، 2013 ގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެހެން ނަމަވެސް އޭނާ ވިދާޅުވި ގޮތުގައި ފިނޭންސްގެ އެންގުމަށް އަމަލު ނުކުރަން ނިންމީ ގާނޫނީ ގޮތުން އެގޮތަށް އެ މިނިސްޓްރީ އަށް ނޭންގޭނެ ކަމަށް ގާނޫނީ ލަފާ ލިބުމުންނެވެ. އެކަމަކު ހެރަތެރަ ވިއްކަން ބޯޑުން ނިންމުމަށް ފަހު އެކަމާ މެދު ފިނޭންސް މިނިސްޓްރީން ދެކޭ ގޮތް ބެލުމަށް އެ މިނިސްޓްރީގައި މި މަހުގެ ދެވަނަ ދުވަހު އެދުނު ކަމަށް ލީމަން ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ފިނޭންސްގެ ބަހެއް ހޯދަން ބޯޑުން ދިން ފަސް ދުވަހުގެ މުއްދަތު ހަމަވިއިރު ވެސް ފިނޭންސުން އެއްވެސް ޖަވާބެއް ނުދެ އެވެ.

ފިނޭންސް މިނިސްޓްރީގެ އިތުރުން ރައްޔިތުންގެ މަޖިލީހާއި ޕްރައިވެޓައިޒޭޝަން ބޯޑުން ވެސް ވަނީ ހެރަތެރަ ވިއްކާލުމުން މަޑުޖައްސާލަން އަންގާފައި ކަމަށް އޭނާ ވިދާޅުވި އެވެ. އެކަމަކު އެ ދެ ތަނުން ވެސް އެކަން އެންގީ ހެރަތެރަ ވިއްކާލަން ބޯޑުން ނިންމި ފަހުން ކަމަށް ލީމަން ވިދާޅުވި އެވެ.


0 comments:

Post a Comment

އަޅުގަނޑު މެނަށް ހިޔާލު ފޮނުވުމަކީ ލިބޭ ކުރިއެރުމެއް