Norwegian Mountain Trip

Pulpit rock

Leave a comment

Sunday, June 23, 2013

މިއަދު 39 ދަރިވަރުންނާ އެކު ހުޅުމީދޫ ލޯ ފެކަލްޓީ ހުޅުވައިފި




ވިލާ ކޮލެޖާއި މޯލްޑިވްސް ލޯ އިންސްޓިޓިއުޓް ގުޅިގެން ހުޅުމީދޫގައި ގާއިމުކުރި ލޯ ފެކަލްޓީ މިއަދު ރަސްމީކޮށް ހުޅުވައިފި އެވެ.

އެސްޓީއޯ ހުޅުމީދޫ ހަތަރު ބުރީގެ އިމާރާތުގައި ގާއިމުކޮށްފައިވާ ލޯ ފެކަލްޓީގެ ކެމްޕަސް ހުޅުވުމަށް މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި އެތަން ހުޅުއްވައިދެއްވީ ވިލާ ކޮލެޖްގެ އޮފީސް އޮފް ދަ ރެކްޓަގެ ޑިރެކްޓަރު ޑރ. އަހުމަދު އަލި މަނިކު އެވެ.

ފެކަލްޓީ ހުޅުވުމުގެ ރަސްމިއްޔާތުގައި ކުރީގެ އެޓާނީ ޖެނެރަލް އަދި މޯލްޑިވްސް ލޯ އިންސްޓިޓިއުޓްގެ ފައުންޑާ ހުސްނުއް ސުއޫދު ވެސް ބައިވެރިވަ ވަޑަިއގެންނެވި އެވެ.

ސުއޫދު މިއަދު ވިދާޅުވީ ލޯ ފެކަލްޓީގެ ކިޔެވުން މިއަދު ފެށީ ޖުމްލަ 39 ދަރިވަރުންނާ އެކު ކަމަށެވެ. އައްޑޫގެ އިތުރުން ފުވައްމުލަކާއި ފ. އަތޮޅުން ވެސް ދަރިވަރުން ބައިވެރިވެ އެވެ. މިއަދު ލޯ ފެކަލްޓީގެ ކިޔެވުން ފެށި އިރު، ފުރަތަމަ ހިންގަނީ ފައުންޑޭޝަން އިން ލޯ އާއި ސެޓްފިކެޓް ތްރީ އިން ކްރިމިނަލް އިންވެސްޓިގޭޝަން ކޯހެކެވެ.

"އަޅުގަނޑުމެން ހަމަ އުންމީދުކުރި ވަރަށް ކުދިން ވެސް ލިބިގެން މި ދިޔައީ ފަށައިގަތް އިރު. އެހެންވީމާ ވަރަށް ހިތްހަމަޖެހޭ އަދި ކުދިން ވެސް ވަރަށް ހިތްހަމަޖެހިފައި ތިބީ،" ސުއޫދު ވިދާޅުވި އެވެ. "ފެކަލްޓީ ހުޅުވުމަށް ފަހު މިއަދު އަޅުގަނޑުމެން އޮރިއެންޓޭޝަންތަކެއް ކުރިއަށް މި ގެންދަނީ."

އޭނާ ވިދާޅުވީ ލޯ ފެކަލްޓީ މިއަދު ހުޅުވިގެން ދިއުމާ އެކު އަންނަ ސެޕްޓެމްބަރު މަހުގެ ތެރޭގައި މެޖިސްޓްރޭޓުންނަށް އަމާޒުކޮށްގެން ސެޓްފިކެޓް އިން ލޭންޑް ލޯ ކޯހެއް ވެސް ފަށަން ނިންމާފައިވާ ކަމަށެވެ.

ކުރިން މި ލޯ ފެކަލްޓީ ހުޅުވަން ނިންމީ މިދިޔަ މަހުގެ 21 ގަ އެވެ. ނަމަވެސް އިމާރާތުގެ ކަރަންޓުގެ މަސައްކަތް އެހާތަނަށް ނުނިމިގެން ލަސްވީ ކަމަށް ސުއޫދު ވިދާޅުވި އެވެ.

"އެކަމަކު މިހާރު ކަރަންޓު ކަންތައް އެއްކޮށް ހަމަޖެހި ފެކަލްޓީ ހިންގާ ބައިތައް ވެސް ފުލީ އެއާކޮންޑިޝަން ކުރެވިފައި މި ހުރީ،" އޭނާ ވިދާޅުވި އެވެ. "ދެން ކުރިއަށް އޮތް ތަނުގައި ފެކަލްޓީ އިތުރަށް އިމްޕްރޫވަމުން އަންނާނީ. މި އަހަރު ނިމުމުގެ ކުރިން އަޅުގަނޑުމެން ލައިބްރަރީއެއް ވެސް ގާއިމުކޮށް، ފްރީކޮށް އިންޓަނެޓް ވެސް ލިބޭ ގޮތް ހަމަޖައްސާނަން."


0 comments:

Post a Comment

އަޅުގަނޑު މެނަށް ހިޔާލު ފޮނުވުމަކީ ލިބޭ ކުރިއެރުމެއް