Monday, November 4, 2013
ބޭނުންފުޅު ވަނީ 3 ރިޔާސީ ކެންޑިޑޭޓުން އެއްބަސްވާ ސިޔާސީ ހައްލެއް ކަމަށް ރައީސް ވިދާޅު ވެއްޖެ
11:44 PM
0 comments
އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުން ރައިސަކުން އިންތިހާބު ނުކުރެވިއްޖެ ނަމަ ރަޢިސް މުހައްމަދު ވަޙިދު ހަސަން ބޭނުން ވަނީ ރިޔާސީ 3 ކެންޑިޑޭޓުން އެއްބަސްވާ ސިޔާސީ ހައްލެއްކަމަށް މިހާރުގެ ރަޢިސް މުހައްމަދު ވަހީދު ހަސަން ވިދާލުވެއްޖެއެވެ
ސަރުކާރުގެ ފަރާތުން މައުލޫމާތު ލިބިފައިވާގޮތުގައި މާދަމާ ހެދުނު 11:30 ގައި ރިޔާސީ ކެންޑިޑެޓުންނާއި ބައްދަލުކުރެއްވުމުގެ އެންމެ ބޮޑު ބޭނުންފުޅަކީވެސް އެއީ ކަމަށެވެ
ކެންޑިޑޭޓުންނާ ރައީސް ވަހީދު ބައްދަލުކުރައްވާ އަނެއް ބޭނުންފުޅަކީ،
ސަރުކާރުން ބުނި ގޮތުގައި، ހޮނިހިރުދުވަހު އިންތިޚާބު ބޭއްވުމަށް އެ
ބޭފުޅުންގެ އެއްބާރުލުން ދެއްވުމަށް އިލްތިމާސް ކުރެއްވުމެވެ.
ތެޔޮ ޝިޕްމެންޓަކަށް އެސް ޓީ އޯ އިން އޯޑަރު ދީފި
11:29 PM
0 comments
އެސް ޓީ އޯ އިން 7000 ޓަނުގެ ތެޔޮ ޝިޕްމެންޓަކަށް އޯޑާރު ކޮށްފިއެވެ. އެސް ޓީ އޯ ގެ މެނޭޖިން ޑިރެކްޓާރ ޝަހިދު ހަލީ ވިދާޅުވީ ތެޔޮ ޝިޕްމެންޓަށް އޯޑާރ ކޮށްފައިވަނީ ސަރުކާރުން ދިން 3.5 މިލިޔަން ޑޮލަރާއި އެކުންފުނީގެ 3.5 މިލިޔަން ޑޮލަރަށެވެ
ޝާހިދު އިތުރަށް ވިދާޅުވީ މިހާރު މި ގެންނަނީ 7 ދުވަހުގެ ޝިޕްމެންޓެއްކަމަށާއި މާދަމާ އިތުރު ޝިޕްމެންޓެއް ގެންނަން މަސައްކަތް ފަށާނެކަމަށެވެ. އަދި މިޝިޕްމެންޓުގެ ސަބަބުން ކޮންމެވެސް ވަރަކަށް ތެލުގެ ޝޯޓޭޖް ހައްލުވެގެން ދާނެކަމަށެވެ
އެކުންފުނިން ބުނެފައިވަނީ މިވަގުތު ރާއްޖެއަށް ބޭނުން ވާ ތެޔޮ ގެންނަން މިވަގުތު 20 މިލިޔަން ޑޮލަރު ބެނުންވާކަމަށެވެ. އެހެން ނަމަވެސް ސަޕްލަޔަރަށް ފައިސާ ނުދެއްކިގެން އޫޅެނީ ސަރުކާރުން ދައްކަން ޖެހޭ ގިނަ އަދަދެއްގެ ފައިސާ ނުލިބުން ކަމަށެވެ
އެސް ޓީ އޯ އިން އިއްޔެ އޯޑާދީފައިވަނީ ރާއްޖެ އަށް ބޭނުންވާ ޕެޓްރޯ، ޑީސަލް އަދި ޖެޓް ފިއުލްއެވެ
Saturday, November 2, 2013
މީދޫ ކާޑުގޭގެ މަސައްކަތް ވަރަށް ބާރު ސްޕީޑުގައި ކުރިޔަށް އެބަދޭ
7:11 AM
0 comments
އައްޑޫ އަތޮޅު މިދޫ އަކީ ވަރަށްގިނަ އާސާރީ ތަންތަންހުނަ ރަށެކެވެ. އެގޮތުން ކާޑުގެ އަކީ މީދޫ ގެ ދުވަސްވީ އެއް އާސާރުގެ ތެރެއިން މުހިންމުތަނެކެވެ. ކާޑުގެ ވީރާނާވަމުން ދަނިކޮށް މީދޫ އަންހެނުންގެ ޗޭނުން އިސްނަގައި އެތަން މަރާމާތު ކޮށް ގިނަ ދުވަހަށް ދެމެހެއްޓުމަށް ނުވަތަ ދެން އަންނަ ޖީލު ތަކަށް ފޯރުކޮށް ދިނުމަށް މަސަކަތްތަކެއްފެއްޓެވިއެވެ
އެގޮތުން އެންމެ ފުރަތަމަ އެ ޖަމީއްޔާއިން އިސްނަގައިގެން ވަނީ ކާޑުގޭގެ ގޯތި ތެރޭގައި ޝަންގްރިއްލާ ރިސޯޓްގެ އެހީތެރިކަމާއި އެއްކޮށް ޕާކެއް ތަރައްގީ ކޮށަފައެވެ
މިހާރު މީދޫގެ އަންހެނުންގެ ޗޭނުން ކުރަމުންދާ މަސައްކަތަކީ އަނެއްކާވެސް ރަށަށް އެކަމަކުން ބޮޑެތި ފާއިދާތަކެއް ވެގެން ދާނެ ކެމެކެވެ. ކާޑުގޭގައި ގާއިމު ކުރުމަށް ހަމަޖެހިފައިވާ އާއްމުނަށް ހުޅުވާލާ ލައިބްރަރީގެ މަސައްކަތް ވަރަށް ބާރު އިސްޕީޑެއްގައި ކުރިޔަށް އެބަދެއެވެ. ކާޑު ގޭގައި މި ލައިބްރަރީގެ އިތުރުން ވަނީ އާސާރީ ތަކަތި ޑިސްޕްލޭ ކުރުމުގެ ގޮތުން ތާރީހީ ކަނާ ގެ ނަމުގައި ތަނެއް ހަދާފައެވެ. މީގެ އިތުރުން މީދޫ އަންހެނުންގެ ޗޭނު ޖަމިއްޔާގެ އޮފީހެއްވެސްހެދުމަށް ވަނީ ހަމަޖެހިފައެވެ
މިހާރު ކާޑުގޭގައި ހިގަމުން ދަނީ ލައިބްރަރީގައި ހަރު ޖެހުމުގެ މަސައްކަތެވެ. މި މަސައްކަށް ވަރަށް ބާރު އިސްޕީޑުގައި ކުރިޔަށް ދާކަން ފާހަނގަކޮލަމެވެ
Friday, November 1, 2013
ހެލްތްމިނިސްޓާރ ޑޮކްޓާރ ޖަމްޝީދު އިސްތިއުފާ ދެއްވައިފި
9:16 AM
0 comments
ހެލްމިނިސްޓާރ ޑރ ޖަމްޝީދު ވަޒީރުކަމުން އިސްތިއުފާދެއްވައިފިއެވެ. ވަޒީރުކަމުން ޑރ ޖަމްޝީދު އިސްތިއުފާ ދެއްވިކަން ވަނީ ރައިސް އޮފީހުންވެސް ކަށަވަރުކޮށްދީފައެވެ
ރައީސް އޮފީހުގެ މީޑިޔާ ސެކެރެޓަރީ މިއަދު ވިދާޅު ވީ ޖަމްޝީދު ވަނި ވަޒީރުކަމުން އިސްތިއުފާދެއްވާފަ ކަމަށާއި އިސްތިއުފާ ދެއްވީ އިންޑިޔާގައި ހުންނަ އދ ގެ އިދާރާއިން ރަނގަޅު ވަޒީފާއެއްލިބުމުން ކަމަށެވެ. އަދި އެމަނިކުފާނަށް އެ ވަޒިފާ ހަމަޖެހިފައިވާތާ ދުވަސްތަކެއް ވެއްޖެ ކަމަށްވެސް ރައީސް އޮފީހުގެ މީޑިޔާ ސެކެރެޓަރީ ވަނީ ވިދާލުވެފައެވެ
ޖަމްޝީދު ވަޒީރު ކަމުން އިސްތިއުފާ ދެއްވާފައި ވަނީ ރައީސް ވަހީދުގެ ރިޔާސީ ދައުރު ހަމަވާން އެންމެ 10 ދުވަހަށްވެފައިވަނިކޮށެވެ. ޑރ ޖަމްޝީދު މިނިސްޓަރުކަމާއި ހަވާލުވެފައިވަނީ 12 ފެބުރުއަރީ 2012 ގައެވެ
މައުމުނު ހުންނެވީ ވޯޓުން ރައީސަކު ހޮވުނަ ދިނުމުގެ ސަގާފަތް ގާއިމް ވެ ނުދިނުމަށް ކަމަށް ނަޝީދު ވިދާޅު ވެއްޖެ
12:19 AM
0 comments
ރާއްޖޭގައި މިހާތަނަށް އެންމެ ދިގު މުއްދަތަކަށް ވެރިކަން ކުރެއްވި ކުރީގެ ރައީސް އަލް އުސްތާޒު މައުމޫން އަބްދުﷲ ޤައްޔޫމު ރާއްޖޭގައި ވޯޓަކުން ވެރިޔަކު އިންތިހާބު ވިޔަ ނުދިނުމަށް މަސައްކަތް ކުރައްވާކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ރޭ ވިދާލުވެއްޖެއެވެ
ރޭ ޅ ހިންނަވަރުގައި ބޭއްވި ކެމްޕޭން ޖަލްސާ އެއްގައި ވާހަކަ ދައްކަމުން ނަޝީދު ވިދާޅުވެފައިވަނީ މައުމޫނަކީ ދުވަހަކުވެސް ވޯޓަކުން މޮޅުވެ ވަޑައިގަތް ބޭފުޅެއްނުން ކަމަށާއި އެބޭފޫޅުން ގެނަދަވަނީ ވޯޓް ހިފަހައްޓަމުން ކަމަށެވެ
މީގެ އިތުރުން މައުމޫނުގެ 6 ދައުރު ނިމިގެން ދިޔަ އިރު ޅ ނައިފަރަށް ކޮށްދެއްވާފައިވަނި ކޮން ކަމެއްތޯ ނަޝީދު ސުވާލު އުފެއްދެވިއެވެ
ނަޝީދު ވިދާޅުވީ އެމް ޑީ ޕީ ނޫން ބަޔަކަށް ޑިމޮކްރެޓިކް ނިޒާމެއް ނުހިންގޭނެކަން ވެތުވެދިޔަ 2 އަހަރުން ވަރަށް ސާފްވެފައިވާ ކަމަށެވެ. ނަޝިދު ވިދާލުވި ގޮތުގައި އެމް ޑީ ޕީގެ އަމާޒަކީ ރައްޔަތުންނަށް ތައްރައްގީ ހޯދައި ދިނުމެވެ















