އެސޯ ސި އޭޝަން ފޯރ ޑިސްއެބިލިޓީސް ރެހެބިލޓޭޝަން ކެޔާ ( އޭ ޑީ އާރު ސީ އިން ) އައްޑޫ ސިޓީ ހުޅުމީދޫގައި ބައިނަލް އަގްވާމީ ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ކުދިންގެ ދުވަސް ވަރަށް ކުލަގަދަކޮށް ފާހަނގަކޮށްފިއެވެ. އެގޮތުން ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ކުދިންނަށް ބައިވެރިވެވޭ ގޮތަށް ވަނީ ތަފާތު ހަރަކާތްތަކެއް ކުރިޔަށް ގެންގޮސްފައެވެ
މި މަހުގެ 29 ވަނަ ދުވަހުން ހެދުނުން ފެށިގެން އެދުވަހުގެ ރޭގަޑާއި ހަމަޔަށް ވަނީ ޕްރޮގްރާމްތަކެއް ކުރިޔަށް ގެންގޮސްފައެވެ. އެގޮތުން 29 ވަނަ ދުވަހު ހެދުނު 6:00 ގައި ވަނީ ދުވަހާއި ގުޅޭ ހިގާލުމެއް ބާއްވާފައެވެ. މި ހިގާލުން ފަށްޓަވައިދެއްވީ ދިވެހި ރާއްޖޭގެ ގައުމީ ފުޓުބޯޅަ ޓީމަށް ރަންމެޑަލް ހޯއްދަވައިދެއްވި ކެޕްޓަން އައްސަދު އަބްދުﷲ ޢަނީއާއި މި އިވެންޓްގެ ސްޕޮންސާ ސާމިއު އަންވަރުއެވެ. މި ހިނގާލުމުގައި ދުވަހާއި ގުޅޭޝިޔާރު ލިޔެފައިވާ ބެނާތައްވަނީ ބޭނުންކޮށްފައެވެ. އަދި ދުވަހާއި ގުޅޭގޮތުން ވަނީ މިހިގާލުމުގެ ބައިވެރިން އަޑު އުފުލާފައެވެ. މިހިގާލުން ފެށިފައިވަނީ އައްޑޫ ސިޓީ ހުޅުދޫ ބުރު ސަރަހަދުންނެވެ. އަދި މި ހިގާލުން ނިންމާފައިވަނީ އައްޑުސިޓީ މީދޫ ޖެޓީއަށެވެ
މީގެ އިތުރުން އޭޑީ އާރު ސީ އިން ވަނީ އާއިލީ ހަވީރެއްވެސް ބާއްވާފައެވެ. 29 ވަނަ ދުވަހު ހަވީރު 4:00 ގައި ފެށުނު މިހަވީރަކީ ޝަންގްރިލާ ރިސޯޓުގެއް އެއްބާރުލުމާާއި އެއްކޮށްބޭއްވިފައިވާ ހަވީރެކެވެ . އެގޮތުން ދުވަހާއި ގުޅޭ ކޭކްގެ އިތުރުން ވެސް ވަރަށް ބޮޑެތޮ އެހީތައްވެދެއްވާފައިވާކަމަށާއި ޝަންގްރިލާ ރިސޯޓަކީ އަބަދުވެސް އެ ޖަމީއްޔާ އަށް އެހީތެރިކަން ފޯރުކޮށްދޭފަރާތެއްކަމަށް ވަނީ އޭ ޑީ އާރު ސީ ގެ ޗެޔާ ޕާސަން އަހުމަދު ޝަރީފް ވަނީ ވިދާޅުވެފައެވެ
ދުހުވަސް ނިންމުގެ ގޮތުން ބޭއްވުނު ޝޯ އަކީ ވަރަށް ވެސް ފުރިހަމަ ޝޯ އެކެވެ. ވަރަށް ގިނަ ބަޔެއްގެ ތަރުހީބު ލިބިގެން ދިޔަ މިޝޯގައި ވަނީ ނުކުޅެދުންތެރިކަން ހުންނަ މީހެއްގެ ޓެލެންޓްދަކާލާފައެވެ. އަދި މި މުޖުތަމައުގައި މިހާރު ހިދުމަތްދެމުން އަން ނުކުޅެދުންތެރިކަން ހުންނަ މީހުނާއި ބެހޭ ޕްރެޒެންޓޭޝަންސްތަކެއްވަނީ ދައްކާފައެވެ. އަދި މީގެ އިތުރުން އެބޭފުޅުން މުޖުތަމައުއަށް ކުރަމުންދާ މަސައްކަތުގެ އަގު ވަޒަން ކުރުމުގެ ގޮތުން ހަނދާނީ ލިޔުންވަނީދީފައެވެ








0 comments:
Post a Comment
އަޅުގަނޑު މެނަށް ހިޔާލު ފޮނުވުމަކީ ލިބޭ ކުރިއެރުމެއް