މީދޫ ކާޑުގޭގެ މަސައްކަތް ވަރަށް ބާރު ސްޕީޑުގައި ކުރިޔަށް އެބަދޭ

އައްޑޫ އަތޮޅު މިދޫ އަކީ ވަރަށްގިނަ އާސާރީ ތަންތަންހުނަ ރަށެކެވެ. އެގޮތުން ކާޑުގެ އަކީ މީދޫ ގެ ދުވަސް އެއް އާސާރުގެ ތެރެއިން މުހިންމުތަނެކެވެ. ކާޑުގެ ވީރާނާވަމުން ދަނިކޮށް މީދޫ އަންހެނުންގެ ޗޭނުން އިސްނަގައި އެތަން މަރާމާތު ކޮށް ގިނަ ދުވަހަށް ދެމެހެއްޓުމަށް ނުވަތަ ދެން އަންނަ ޖީލު ތަކަށް ފޯރުކޮށް ދިނުމަށް މަސަކަތްތަކެއްފެއްޓެވިއެވެ.

ސ އަތޮޅު މަދަރުސާގައި މިއަދު މަތީ ސާނަވީއަށް ކިޔަވައިދޭން ފަށައިފިއެވެ

ސ އަތޮޅު މަދަރުސާގައި މިއަދު މަތީ ސާނަވީއަށް ކިޔަވައިދޭން ފަށައިފިއެވެ. އެގޮތުން މި އަދު ހެދުނު ދަރިވަރުންނަށް މަރުހަބާ ކިޔުމުގެ ގޮތުން ވަނީ ހާއްސަ އެސެމްބްލީއެއްބާވާފައެވެ. މި ހާއްސަ އެސެމްބްލީގައި 2012 ވަނަ އަހަރު ސ އަތޮޅު މަދަރުސާގެ އޯލެވެލްގައި ބައިވެރިވެ ގައުމީ ގަދަ 10 އެއްގައި ހިމެނުނު ދަރިވަރު އަބްދުﷲ ހުޒާމް ހިޔާޒް ވަނީ ވާހަކަދައްކާފައެވެ. ހުޒާމްގެ ވާހަކައިގައި ހުޒާމް ގަދަ 10 އަކަށް ދާން ކުރި މަސައްކަތް ވަނީ ސްކޫލްގެ އެހެން ދަރިވަރުނާއި ހިއްސާކޮށްފައެވެ.

އައްޑޫގައި ފުލުހުންގެ ވަރަށް ހާއްސަ އޮޕަރޭޝަންތަކެއް

އައްޑޫގައި ފުލުހުންގެ ވަރަށް ހާއްސަ އޮޕަރޭޝަންތަކެއ

This is default featured slide 4 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.This theme is Bloggerized by Lasantha Bandara - Premiumbloggertemplates.com.

އަސްރިއްޔާގެ އާ އިމާރާތް ހުޅުވުމަށްޓަކައި މިއަދު ހަވީރު އޮތް ހާއްސަ ރަސްމިއްޔާތުގައި އެއިމާރާތް ހުޅުއްވައިދެއްވީ އެހަފްލާގެ ޝަރަފުވެރި މެހުމާނު ޝަމަސުއްދީނު ސްކޫލުގެ ޕްރިންސިޕަލް އަލްފާޟިލް އިބްރާހިމް ވަހީދު އެވެ.

އަސްރިއްޔާގެ އާ އިމާރާތް ހުޅުވުމަށްޓަކައި މިއަދު ހަވީރު އޮތް ހާއްސަ ރަސްމިއްޔާތުގައި އެއިމާރާތް ހުޅުއްވައިދެއްވީ އެހަފްލާގެ ޝަރަފުވެރި މެހުމާނު ޝަމަސުއްދީނު ސްކޫލުގެ ޕްރިންސިޕަލް އަލްފާޟިލް އިބްރާހިމް ވަހީދު އެވެ. މިރަސްމިއްޔާތުގައި މަކްތަބުލް އަސްރިއްޔާގެ ބާނ Iމުހައްމަދު ނަޖީބު ( މުދިންބޭބެ) އާއި އައްޑޫ ސިޓީގެ ޑެޕިއުޓީ މޭޔާރ އަލްފާޟިލް ހަސަން ޝާހިދުގެ އިތުރުން ހުޅުމީދޫގެ މުވައްސަސާތިކުގެ އިސްވެރިންވެސް ބައިވެރިވެ ވަޑައިގިތެވެ.

Norwegian Mountain Trip

Pulpit rock

Leave a comment

Thursday, June 27, 2013

މުލިމަތިން އެންޓި ޑްރަގް ޑޭ ފާހަކަކުރުމުގެ ގޮތުން ހަރަކާތްތަކެއް ކުރިޔަށް ގެންދަނީ

މުލިމަތި ޔުނައިޓެޑް އިން އިސްނަގައިގެން  މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތްކުރާ ދުވަސްފާހަނގަ ކުރުމަށް އެކި އެކި ހަރަކާތްތަކެއް ކުރިޔަށްއެބަގެންދެއެވެ. އެގޮތުން އިއްޔެ ހަވީރު ހަރަކާތްތަށް ފެށުމުގެ ގޮތުން ވަނީ ހާއްސަ ރަސްމީއްޔާތެއް ބާއްވާފައެވެ. މި ރަސްމީއްޔުބޭއްވީ ހުޅުމީދޫ އެސް ޓީ އޯ ކުރިމަތީގައެވެ. މިހަރަކާށްތައް ފައްޓަވައިދެއްވީ އައްޑޭ ސިޓީގެ ޑެޕިއުޓީ މޭޔާރ ހަސަން ޝާހިދެވެ.
އެގޮތުން ވަނީ ރޯޑްޝޯއެއްބާއްވާފައެވެ. ރަށުގެ ތިން ސަރަހައްދެގައި ކުރިޔަށް ގެންދިޔަ ރޯޑް ޝޯގައި ވަނީ މަސްތުވާތަކެޗަށް ހޭލުންތެރިކުރުމުގެ ގޮތުން މައުލޫމާތު އެކުލެވޭ ލީފް ލެޓްތަކެއްވެސް ބަހާފައެވެ. އަދި މި ތިން ސަރަހައްދުގައިވެސް މައުލޫމާތު ދިނުމަށްޓަކައި ޖާނީ ގެ ބޭފުޅުންވަނީ ހަރަކާތްތެރިވެފައެވެ.
 މުލިމަތި ޔުނައިޓެޑްގެ ފަރާތުން މައުލޫމާތު ދީފައިވާގޮތުގައި މިހަރަކާތްތަށް 4 ދުވަހަށް ކުރިޔަށްދާނެއެވެ. މިހަރަކާތްތަކުގެ ތެރޭގައި ސްކޫލުގެ ދަރިވަރުންނާއި ބެލެނިވެރިންނަށް މައުލޫމާތު ދިނުމާއި ، ސްކޫލް ތަކުގެ ޕީ ޓީ އޭ އަށް އަމާޒުކޮށްގެން ވޯކްޝޮޕެއްބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

Wednesday, June 26, 2013

އަސްރިއްޔާގެ އާ އިމާރާތް ހުޅުވައިފި.



 އަސްރިއްޔާގެ އާ އިމާރާތް ހުޅުވުމަށްޓަކައި މިއަދު ހަވީރު އޮތް ހާއްސަ ރަސްމިއްޔާތުގައި އެއިމާރާތް ހުޅުއްވައިދެއްވީ އެހަފްލާގެ ޝަރަފުވެރި މެހުމާނު ޝަމަސުއްދީނު ސްކޫލުގެ ޕްރިންސިޕަލް އަލްފާޟިލް އިބްރާހިމް ވަހީދު އެވެ. މިރަސްމިއްޔާތުގައި މަކްތަބުލް އަސްރިއްޔާގެ ބާނ Iމުހައްމަދު ނަޖީބު ( މުދިންބޭބެ) އާއި އައްޑޫ ސިޓީގެ ޑެޕިއުޓީ މޭޔާރ އަލްފާޟިލް ހަސަން ޝާހިދުގެ އިތުރުން ހުޅުމީދޫގެ މުވައްސަސާތިކުގެ އިސްވެރިންވެސް ބައިވެރިވެ ވަޑައިގިތެވެ.
.
މިހަފްލާގައި އަސްރިއްޔާ ޕްރީ ސްކޫލުގެ ޕްރިންސިޕަލް އަލް ހާފިޛު  އަބްދުﷲ ނަޖީބުގެ ވާހަކަފުޅުގައި 1969 ވަނައަހަރުން ފެށިގެން ފާއިތުވި 45 އަހަރު މިސްކޫލަށް އެކި ގޮތްގުން އައިސްފައިވާ ބަދަލުތަކަށް އަލިއަޅުވާލިއެވެ.މީގެ އިތުރުން މި ސްކޫލު އިމާރާތް ކުރުމަށް އެކިގޮތްގޮތުން ދީލަތި އެހީތަށް ވެދީފައިވާ ފަރާތްތަކުގެ ނަންތަށް ހާމަކޮށް އެބޭފުޅުނަނަށް ޝުކުރު އަދާކޮށްފައިވެއެވެ.
މިހަފްލާގެ ޝަރަފުވެރި މެހުމާނުގެ ވާހަކަފުޅުގައި ހުޅުމީދޫއަށް މިފަދަ އަގުހުރި ހިދުމަތެއް ކޮއްދެއްވާކަމަށްޓަކައި އަސްރިއްޔާގެ އިސްވެރިންނަށް ޝުކުރުއަދާކޮށްފައިވެއެވެ.މިހަފްލާނިމިގެން ދިޔައީ ދުޢާއަކުންނެވެ. ދުޢާ ލައިދެއްވީ އަލްފާޟިލް  އަހްމަދު ނަޖީބެވެ.

Tuesday, June 25, 2013

ހެރަތެރައިގެ ދަރަނި 20 މިލިއަން ޑޮލަރަށް އަރާ

އެމްޓީޑީސީގެ އެންމެ ބޮޑު އެސެޓް ޗަމްޕާ ހުސެއިން އަފީފުގެ ބޮޑު ހިއްސާއެއް އޮންނަ ކުންފުންޏަކަށް ވިއްކާލުމަށް ނިންމާފައިވާއިރު އެކަމާ ބެހޭ ގޮތުން މައުލޫމާތު ސާފުކުރަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީ އަށް ހާޒިރުކުރުމުން ބޯޑުގެ އާންމު މެމްބަރު އަބްދުﷲ ލީމަން ޒާހިރު ވިދާޅުވީ ހެރަތެރެ އިން އެކި ފަރާތްތަކަށް 17.5 މިލިއަން ޑޮލަރު ލޯނުގެ ގޮތުގައި ދައްކަންޖ ެހޭ ކަމަށެވެ. އަދި އޭގެ ތެރެއިން ހަތް ލައްކައެއްހާ ޑޮލަރު މިހާރު ވެސް އޯވަ ޑިއު ވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ލީމަން ވިދާޅުވި ގޮތުގައި ހެރަތެރަ ވިއްކާލަން ބޯޑުން ނިންމީ މޭ 30، 2013 ގަ އެވެ. އަދި އެމްޓީޑީސީގެ އެއްވެސް ހަރު މުދަލެއް ނުވިއްކަން ފިނޭންސް މިނިސްޓްރީން އެންގީ އޭޕްރީލް 13، 2013 ގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެހެން ނަމަވެސް އޭނާ ވިދާޅުވި ގޮތުގައި ފިނޭންސްގެ އެންގުމަށް އަމަލު ނުކުރަން ނިންމީ ގާނޫނީ ގޮތުން އެގޮތަށް އެ މިނިސްޓްރީ އަށް ނޭންގޭނެ ކަމަށް ގާނޫނީ ލަފާ ލިބުމުންނެވެ. އެކަމަކު ހެރަތެރަ ވިއްކަން ބޯޑުން ނިންމުމަށް ފަހު އެކަމާ މެދު ފިނޭންސް މިނިސްޓްރީން ދެކޭ ގޮތް ބެލުމަށް އެ މިނިސްޓްރީގައި މި މަހުގެ ދެވަނަ ދުވަހު އެދުނު ކަމަށް ލީމަން ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ފިނޭންސްގެ ބަހެއް ހޯދަން ބޯޑުން ދިން ފަސް ދުވަހުގެ މުއްދަތު ހަމަވިއިރު ވެސް ފިނޭންސުން އެއްވެސް ޖަވާބެއް ނުދެ އެވެ.

ފިނޭންސް މިނިސްޓްރީގެ އިތުރުން ރައްޔިތުންގެ މަޖިލީހާއި ޕްރައިވެޓައިޒޭޝަން ބޯޑުން ވެސް ވަނީ ހެރަތެރަ ވިއްކާލުމުން މަޑުޖައްސާލަން އަންގާފައި ކަމަށް އޭނާ ވިދާޅުވި އެވެ. އެކަމަކު އެ ދެ ތަނުން ވެސް އެކަން އެންގީ ހެރަތެރަ ވިއްކާލަން ބޯޑުން ނިންމި ފަހުން ކަމަށް ލީމަން ވިދާޅުވި އެވެ.


Monday, June 24, 2013

ގަވާއިދާ ހިލާފަށް ޕްލާސްޓިކް ކޮތަޅުތަކެއް އެތެރެކުރަން އުޅުނު ފަރާތެއް ޖޫރިމަނާ ކޮށްފި

ބަޔޯޑިގްރޭޑަބަލް ކޮތަޅު ޝިޕްމަންޓެއްގެ ތެރޭގައި ފޮރުވައިގެން ޕްލާސްޓިކް ކޮތަޅުތަކެއް ރާއްޖެ އެތެރެ ކުރަން މިދިޔަ ބުދަ ދުވަހު އުޅުނު ފަރާތެއް 56،000ރ. އިން ޖޫރިމަނާކޮށްފި ކަމަށް މޯލްޑިވްސް ކަސްޓަމްސް އިން މިއަދު ބުނެފި އެވެ.
ކަސްޓަމްސް އިން ބުނީ އެންވަޔަރަންމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) ގެ ހުއްދަ ވެސް ލިބިގެން އަދި ޑިއުޓީ ފްރީކޮށް އެތެރެކުރަން ކުރަން އުޅުނު ބަޔޯޑީގްރޭޑަބަލް ކޮތަޅުގެ ތެރެއިން 675 ދާގީނާ އަކީ ޕޮލީތިއަން ކޮތަޅު ކަމަށެވެ. އަދި އެ ތަކެތީގެ އިމްޕޯޓް ޑިއުޓީގެ ގޮތުގައި 5،23،243.23ރ. ދައްކަންޖެހެ އެވެ.
"މި ފައިސާ އާއި ޖޫރިމަނާ އެ ފަރާތުން ވަނީ މިހާރު ދައްކައިފަ އެވެ. މި މައްސަލަ މިހާރު ގެންދަނީ ކަސްޓަމްސްގެ ފަރާތުން އިތުރަށް ބަލަމުންނެވެ،" ކަސްޓަމްސްގެ ބަޔާނުގައިވެ އެވެ.
ޕްލާސްޓިކް ކޮތަޅަކީ 400 ޕަސެންޓް ޑިއުޓީ ދައްކަންޖެހޭ އެއްޗެކެވެ. އެކަމަކު ބަޔޯޑިގްރޭޑަބަލް ނުވަތަ ތިމާވެއްޓާ ރައްޓެހި ކޮތަޅު، އީޕީއޭގެ ހުއްދައާ އެކު ރާއްޖެ އެތެރެކުރާނަމަ ޑިއުޓީ ދައްކަން ނުޖެހެ އެވެ.

.

ހިއުމަން ޓްރެފިކިންގެ ނުރައްކަލުން ރާއްޖެ ސަލާމަތްވުމުގެ މަގު

ރާއްޖޭގެ ރަށެއްގައި ވަޒީފާ އަދާކުރާ އިންޑިއާގެ ދެ ނަރުހަކު މިދިޔަ އަހަރު އެ ރަށުން މާލެ އައީ އަލަތު ކައިވެނިކުރުމަށްޓަކައި އެނބުރި ގައުމަށް ދިއުމަށެވެ. ނަމަވެސް އެ ދެ މީހުން ބޮޑު ހަރަދުކޮށްގެން މާލޭގައި އެތައް ދުވަހެއް ވަންދެން ތިބި އިރު ވެސް ހެލްތު މިނިސްޓްރީން އެމީހުންގެ ޕާސްޕޯޓު ދުލެއް ނުކުރި އެވެ. އެންމެ ފަހުން އެމީހުންގެ ކައިވެނި "ރޫޅުނީ" އެވެ. އިންޑިއާގެ ސަގާފަތް އޮންނަ ގޮތުން ކައިވެނީގެ ރަސްމިއްޔާތަށް ނާދެވިއްޖެ ނަމަ އެހާ ހިސާބުން އެ ޖެހުނީ ބޮޑު ލައްގަނޑެކެވެ. އަލުން އާ ކައިވެންޏެއް ކުރަން އެތައް އަހަރެއް ނަގަ އެވެ.
އިންޑިއާގެ ހައި ކޮމިޝަނުން ބުނާ ގޮތުގައި ރާއްޖޭގައި އުޅޭ އިންޑިއާ މީހުންނަށް މި ނޫން ވެސް އެތައް މައްސަލައެއް ކުރިމަތިވެ އެވެ. ރާއްޖޭގައި މަސައްކަތްކުރާ އިންޑިއާ މީހުންނަށް އިހާނެތިކޮށް ކަންތައް ކުރާ ކަމުގެ 500 އަށް ވުރެ ގިނަ ޝަކުވާ މިދިޔަ އަހަރު އެކަނި ވެސް ލިބިފައިވާ ކަމަށް ހައި ކޮމިޝަނުން ބުނެ އެވެ.
ސަރުކާރުގައި ވަޒީފާ އަދާކުރާ ބޭރު މީހުންގެ ޕާސްޕޯޓް ހިފެހެއްޓުމާއި އެމީހުންނަށް ދިމާވާ ބޮޑެތި މައްސަލަތަކުގައި ކުއްލިއަކަށް ފުރޭ ގޮތް ނުވުމަކީ ވެސް ސީރިއަސް ކަމެއްގެ ގޮތުގައި އިންޑިއާ ހައި ކޮމިޝަންގެ އިތުރުން ރާއްޖޭގައި މަސައްކަތްކުރާ އެހެން މީހުން ނިސްބަތްވާ ގައުމުތަކުގެ އެމްބަސީތަކުން ވެސް ނަގަ އެވެ.
މިހާރު ރާއްޖެ އަކީ ހިއުމަން ޓްރެފިކިންގެ ނުރައްކާ ހާލަތުގައި އޮތް ގައުމެކެވެ. މިއީ ގައުމީ ވަރަށް ބޮޑު އަދި އެހާމެ ނާޒުކު މައްސަލައެކެވެ.
ދިވެހިންނަށް ނުކުރެވިގެން އުޅޭ "އާދައިގެ" މަސައްކަތް ކުރުވަން ގެންނަ ބޭރު މީހާ އުޅެން ޖެހެނީ އެމީހުން ގެންނަ ދިވެހި މީހާގެ "އަޅުވެތި" ކަމުގަ އެވެ. އޭނާގެ ޕާސްޕޯޓް އޮންނަނީ ދިވެހި މީހާގެ އަތުގަ އެވެ. މުސާރަ ދެނީ ވެރިމީހާ ހިތަށް އެރި މަހެއްގަ އެވެ. ނިދަން ޖެހެނީ ކުޑަކުޑަ ކޮޓަރިއެއްގައި، އެތައް ބަޔަކު ފިތި ބާރުވެގެންނެވެ. އަމިއްލަ ކުންފުންޏަކުން ގެންނަ މީހަކަށް ވިޔަސް ސަރުކާރުގެ ވަޒީފާއަކަށް ގެންނަ މީހަކަސް ތަފާތެއް ނެތެވެ. ބިދޭސީ މަސައްކަތްތެރިންނާ މެދު އަމަލުކުރާ އިހާނެތި ގޮތެއް ހިއުމަން ޓްރެފިކިން ކަމުގައި ބަލާ ހުރިހާ މިންގަނޑުތަކަކަށް ފެތެ އެވެ.
ޓްރެފިކިން އާއި ސްމަގްލިން
އެމެރިކާ އިން ބުރާސްފަތި ދުވަހު ނެރުނު "ޓްރެފިކިން އިން ޕާސަންސް" ރިޕޯޓުގައި ފާހަގަކޮށްފައިވާ އެންމެ މުހިއްމު އެއް ކަމަކީ ސަރުކާރުގެ އޮފިޝަލުންގެ މެދުގައި ހިއުމަން ޓްރެފިކިންއާ ގުޅޭ ކަންތައްތަކުގައި ހޭލުންތެރިކަން ކުޑަކަމެވެ. ހާއްސަކޮށް ހިއުމަން ޓްރެފިކިން އާއި ހިއުމަން ސްމަގްލިން އަކީ އެއް ކަމެއް ކަމަށް ހީވެފައި އޮތުމެވެ. ރާއްޖޭގެ ހާލަތު މިގޮތަށް އޮތް އިރު، މި ދެ ކަމުގެ އެއްގޮތް ކަމުން، ކުރިއަރާފައިވާ ގައުމުތަކުގައި ވެސް ބައެއް ފަހަރަށް މި ތަފާތު ކުރުން ނުގެންގުޅޭ ކަން ބައިނަލްއަގުވާމީ އިދާރާތަކުން ފާހަގަކުރެ އެވެ.
އެމެރިކާގެ ސްޓޭޓް ޑިޕާޓްމެންޓުން ހިއުމަން ޓްރެފިކިން މާނަކުރަނީ އެ ގައުމެއްގެ އިމުގެ ތެރޭގައި ނުވަތަ ބޯޑަރު ހުރަސްކޮށް ވިޔަސް މީހެއްގެ އިންސާނީ ހައްގުތަކަށް އަރައިގަތުމުގެ ގޮތުގަ އެވެ. އެއިގެ ތެރޭގައި މައިގަނޑު ގޮތެއްގައި ހިމެނެނީ މީހެއްގެ ނާޖާއިޒު ފައިދާ ނެގުމަށް އެމީހެއްގެ އަމިއްލަ މިނިވަންކަމާއި އަމިއްލަވަންތަކަމަށް އަރައިގަތުމެވެ. އެކަން ހާސިލުކުރަނީ ބިރުދައްކައިގެންނާއި ގަދަކަމުން ކަންކަން ކުރުވައިގެންނާއި ބާރުގެ ބޭނުންކޮށްގެންނާއި އޮޅުވާލައިގެންނެވެ.
ހިއުމަން ޓްރެފިކިން އާ ހިލާފަށް ހިއުމަން ސްމަގްލިން އަކީ އެއް ގައުމުން އަނެއް ގައުމަށް، އާއްމުކޮށް ގާނޫނާ ހިލާފަށް، އެތެރެ ވުމަށް އެހީތެރިވެ ދިނުން ނުވަތަ އެކަމަށް މަގުފަހިކޮށްދިނުމެވެ. ޓްރެފިކިންއާ ހިލާފަށް ހިއުމަން ސްމަގްލިން އަކީ ދެ ފަރާތް އެއްބަސްވެގެން ކުރެވޭ ވިޔަފާރީގެ މުއާމަލާތެކެވެ. އަދި އެކަމުގައި އެއްވެސް މީހެއްގެ ހައްގަކަށް އަރައިގަތުމުގެ ބަދަލުގައި އެކަމުން ފައިދާ ލިބެނީ ސްމަގްލް ކުރާ މީހާ އަށެވެ.