ސ. ގަމާއި ކޮލޮމްބޯއާ ދެމެދު ދަތުރުތައް ކުރާނީ
ދެކުނުގެ އަނެއް ތިން އަތޮޅުގެ
ރައްޔިތުންނަށް ވެސް ދަތުރުކުރެވޭނެ ގޮތްތަކެއް ރާވައިގެން ކަމަށް މޯލްޑިވިއަން އޮޕަރޭޓް ކުރާ އައިލެންޑް އޭވިއޭޝަން
ސާވިސަސް (އައިއޭއެސް) އިން މިއަދު
ބުނެފި އެވެ.
އެ ކުންފުނީގެ މެނެޖިން ޑިރެކްޓަރު އަބްދުލް ހާރިސް
ވިދާޅުވީ އޮގަސްޓް 7 ގައި
ދަތުރުތައް ފެށުމަށް ޓަކައި ވާން ޖެހޭ ތައްޔާރީތައް "ފުލް ގިޔަރުގައި މިހާރު ކުރިއަށްދާ" ކަމަށެވެ.
އޭގެ ތެރޭގައި ލަންކާ އަށް ދަތުރު ފަށާއިރު ގާނޫނީ
ގޮތުން ފުރިހަމަކުރަން ޖެހޭ ކަންތައްތައް
ފުރިހަމަ ކުރުމާއި ދަތުރުތައް ރޫޓްކުރާނެ ގޮތްތަކާއި އަގުތައް ކަނޑައެޅުން ފަދަ ކަންކަމާ ގުޅޭ ގޮތުން މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި
އެވެ.
"އަޅުގަނޑުމެންގެ ހަމައެކަނި ވިސްނުމަކީ އައްޑޫ މީހުން
ގޮވައިގެން ދަތުރު ކުރުމެއް ނޫން. އޭގެ
އިތުރަށް ކާޑެއްދު އާއި ކޫއްޑު އާއި ފުވައްމުލަކަށް
ވެސް ކަނެކްޝަން ދީގެން ދަތުރުތައް ކުރަން އަޅުގަނޑުމެންގެ ވިސްނުން ހުރީ،" ހާރިސް ވިދާޅުވި އެވެ.
"އެގޮތުން ވީހާ ވެސް ރަނގަޅު އަގުތަކެއްގައި
ކޮލޮމްބޯ އަށް ދަތުރު ކުރެވޭނެ ގޮތްތަކެއް އަޅުގަނޑުމެން ހަމަޖައްސާނަން."
އައިއޭސް އިން ބުނީ ގަމާއި ކޮލަމްބޯ އާ ދެމެދު ސީދާ
ދަތުރުތައް ފަށާއިރު، ދެކުނުގައި މިހާރަށް
ވުރެ ބޮޑަށް ޓޫރިޒަމް ވެސް ފުޅާވާން ޖެހޭ ކަމަށެވެ.
އެގޮތުން ހެރަތެރަ ރިސޯޓް ބަރާބަރަށް އޮޕަރޭޓް
ކުރުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"އައްޑު އަށް ބަލާއިރު ޝަންގްރިއްލާ ވިލިނގިލި ރިސޯޓް
ވަރަށް ރަނގަޅަށް އެބަ ހިނގާ. އެހެން
ނަމަވެސް ހެރަތެރަ އަބަދު މި އޮންނަނީ މައްސަލަގަނޑެއްގެ ތެރޭގައި. އެތަން އެބަ ޖެހޭ އޮޕަރޭޓް ކުރެވެން. އެއީ ވަރަށް މުހިއްމު ކަމެއް. މިހާރު އަޅުގަނޑުމެން މި އަންނަނީ
ޝަންގްރިއްލާ އާއި ގަމުގެ އީކްއެޓާ ވިލެޖާ ވެސް
ވާހަކަ ދައްކަމުން،" އޭނާ ވިދާޅުވި އެވެ. "މީގެ އިތުރުން ދެކުނުގައި ޓޫރިޒަމް ތަރައްގީކުރަން
ޕްލޭންކޮށްފައި ހުރި ތަންތަން ވީހާ ވެސް
އަވަހަކަށް ޑިވެލޮޕްކޮށް ހުޅުވުމަކީ ދެމެހެއްޓެނިވި ގޮތެއްގައި މިކަން ކާމިޔާބް ކަމާ އެކު އަޅުގަނޑުމެންނަށް
ކުރިއަށް ގެންދެވެން އތް ވަރަށް ބޮޑު
ބާރަކަށް ވާނެ."
ހާރިސް ވިދާޅުވީ ކާމިޔާބުކަމާ އެކު ދެމެހެއްޓެނިވި
ގޮތެއްގައި ގަމަށް އިންޓަނެޝަނަލް
އޮޕަރޭޝަންތައް މޯލްޑިވިއަނުން ކުރާއިރު، ޓޫރިަމް ދާއިރާ އާއި ވިޔަފާވެރިންނާއި އާންމު ރައްޔިތުންގެ އެއްބާރުލުން
ވަރަށް ބޮޑަށް ބޭނުންވާ ކަމަށެވެ.
"އެ ހުރިހާ ފަރާތްތަކެއްގެ އެހީތެރިކަމާއި އެއްބާރުލުން
ލިބިގެން ނޫނީ މިކަން ކާމިޔާން ކަމާ އެކު
ކުރިއަށް ގެންދިއުމަކީ ފަސޭހަ ކަމަކަށް ނުވާނެ،" އޭނާ ވިދާޅުވި އެވެ.
މޯލްޑިވިއަނުން ބުނީ ގަމާއި ލަންކާއާ ދެމެދު
ދަތުރުތައް ބޭއްވުމުގެ އިތުރަށް
ސިންގަޕޫރާއި މެލޭޝިއާ އަދި ތައިލެންޑް ފަދަ ގައުމުތަކަށް ވެސް ގަމުން ދަތުރުތައް ކުރެވޭނެ ގޮތްތަކެއް ހަމަޖެއްސުމަށް އެ
ގައުމުތަކުގެ އޭވިއޭޝަން ދާއިރާގެ ފަރާތްތަކާ
އެކު އިންޓަލައިން ހެދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
"އެހެންވީމާ ކުރިއަށް އޮތް ތަނުގައި އެ ގައުމުތަކަށް ވެސް
ގަމުން ދަތުރު ކުރެވޭނެ ގޮތް ހެދުމަކީ
އަޅުގަނޑުމެންގެ ވަރަށް ބޮޑު ޓާގެޓެއް،" ހާރިސް ވިދާޅުވި އެވެ.







0 comments:
Post a Comment
އަޅުގަނޑު މެނަށް ހިޔާލު ފޮނުވުމަކީ ލިބޭ ކުރިއެރުމެއް