ރިޔާސީ
އިންތިޚާބުގައި ވާދަކުރައްވާ ތިން ކެންޑިޑޭޓުން ރޭ ބައްދަލުކުރައްވައި، އިންތިޚާބުގެ ފުރަތަމަ ބުރު އަންނަ ހޮނިހިރުދުވަހަށް
އަވަސް ކުރުމަށް ނިންމެވި ނިންމެވުމަކީ ގައުމުގެ މަސްލަހަތާއި ހަމަޖެހުމަށް
ނިންމެވި ނިންމުމެއް ކަމަށް ރައީސް މުހައްމަދު ވަހީދު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް ނެރުއްވި
ބަޔާނެއްގައި ވިދާޅުވީ އިންތިޚާބުގެ ފުރަތަމަ ބުރު އަންނަ ހޮނިހިރުދުވަހު އަދި
ދެވަނަ ބުރެއް ބާއްވަން ޖެހިއްޖެ ނަމަ ނޮވެމްބަރު 9 ވަނަ ދުވަހު ބޭއްވުމަށް ތިން
ކެންޑިޑޭޓުން ނިންމެވި ނިންމެވުމަށް ރައީސް ވަރަށް އުފަލާ އެކީ މަރުހަބާ ދަންނަވާ
ކަމަށެވެ. ހުރިހާ ކެންޑިޑޭޓުންނަކީ އެބޭފުޅުންގެ އަމިއްލަ ސިޔާސީ އަމާޒުތަކަށްވުރެ
ގައުމީ މަސްލަހަތު އިސްކުރައްވާ ބޭފުޅުންކަން އެކަމުން ރައްޔިތުންނަށް އިތުރަށް
ޔަގީންވެގެން ހިނގައްޖެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"ރައްޔިތުންގެ އިތުބާރު އޮތް އިންތިޚާބެއް މިތާރީހުތަކުގައި ބޭއްވެވުމަށް
އިލެކްޝަންސް ކޮމިޝަނުން ކުރެއްވެން ހުރި ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށް
އަޅުގަނޑު ޔަގީންކުރަމެވެ. އަދި މިފަދަ ކާމިޔާބު އިންތިޚާބެއް ބޭއްވިއްޖެ ނަމަ
ދިވެހި ދައުލަތަށް ގާނޫނީ ހުސްކަމެއް ނާންނާނެ ކަން އަޅުގަނޑު މި ފުރުސަތުގައި
ފާހަގަކުރަމެވެ،" ބަޔާނުގައިވެ އެވެ






0 comments:
Post a Comment
އަޅުގަނޑު މެނަށް ހިޔާލު ފޮނުވުމަކީ ލިބޭ ކުރިއެރުމެއް